
އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިދިޔަ ހަފްތާގައި އައްޑުއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ކިޔަން ދިޔަ ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފަކު ސަސްޕެންޑްކޮށް އޭނާ އެތަނަށް ދިޔަ މައްސަލަ ބަލަން ފަށައިފިއެވެ
އެނގިފައިވާ ގޮތުގައި ފެނަކައިން ސަސްޕެންޑް ކޮށްފައި ވަނީ އެކުންފުނީގެ މުވައްޒަފެއް ކަމަށްވާ މުހައްމަދު ދީދީ އެވެ. އޭނާ މަސައްކަތް ކުރަމުން އައީ އައްޑޫ ސިޓީ ހުޅުމީދޫ ފެނަކައިގައެވެ. އަދި އޭނާ ސަސްޕެންޑް ކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަކަށެވެ. އެކަމަކު އެއީ ސީދާ ކޮން ސަބަބަކާ ހުރެކަން އެ ސިޓީގައި ބަޔާންކޮށްފައެއް ނުވެއެވެ.
Addu ah @prz_ymn vadaigathumun marhabaa dhannavan nukunnevi muvazzafunnah fiyavalhu elhumakee democracy aa beerattehi, naathahuzeebu amaleh! Sarukaaru balikashive, goiy husvejjekamuge hekkeh! Rayyithunnah sarukaarun dhey nuhaqqu aniyaaeh! PPM ge vekamugai insaafu hoadhaidheynan. pic.twitter.com/DvGwXq9bvP
— Adam Shareef Umar (@Adamshareefz) November 13, 2022
އެކަން ހާމަކުރެއްވީ ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެެވެ. އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުހައްމަދު ސަސްޕެންޑް ކުރީ ރައީސް ޔާމީނަށް މަރުހަބާ ކިޔަން ދިއުމުން ކަމުގައެވެ.
”ރައީސް ޔާމީނަށް މަރުހަބާ ދަންނަވަން ނިކުތް މުވައްޒަފުންނަށް ފިޔަވަޅު އެޅުމަކީ ޑިމޮކްރަސީ އާއި ބީރައްޓެހި ނާތަހުޒީބު އަމަލެއް. ސަރުކާރު ބަލިކަށިވެ ގޮތް ހުސްވެއްޖެކަމުގެ ހެއްކެއް. ރައްޔިތުންނަށް ސަރުކާރުންދޭ ނުހައްގު އަނިޔާއެއް. ޕީޕީއެމްގެ ވެރިކަމުގައި އިންސާފު ހޯދައި ދޭނަން.“ އާދަމް ޝަރީފް ވިދާޅުވިއެވެ.
ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ކުލަޔަކަށް ނުބައްލަވައި ވަޒީފާގެ ހަމަހަމަކަން ގާއިމްކޮށްދިނުމާއި ވަޒީފާގެ ބިރު ނައްތާލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.