ޚަބަރު

އައްޑޫ ސިޓީ ހުޅުދޫ މީދޫ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ފާރުގައި އިންޑިއާ އައުޓް ޖަހައިފި

އައްޑޫ ސިޓީ ހުޅުދޫ މީދޫ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ފާރުގައި އިންޑިއާ އައުޓް ޖަހައިފިއެވެ.

އެނގިފައިވާގޮތުގައި އެތަނުގެ ފާރުގައި އިންޑިއާ އައުޓް ޖަހާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ފާރުގައި މިމަހުގެ 10 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި އިންޑިއާ އައުޓް ޖަހާފައިވެއެވެ. އަދި ހިތަދޫގައި ހުރި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އޮފީހުގައިވެސް އިންޑިއާ އައުޓް ވަނީ ޖަހާފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްވެ ތިބި އިންޑިއާ ސިފައިންނާއި ދެކޮޅަށް ކުރިއަށްގެންދާ ”އިންޑިއާ އައުޓް“ހަރަކާތުގެ ތެރެއިން ހިތަދޫގައި ހުންނަ ނަޝީދުގެ އޮފީހުގެ ފާރުގެ އެކި ތަންތަނުގައި ކަޅުކުލައިން ވަނީ އިންޑިއާ އައުޓް ސްޕްރޭކޮށްފަ އެވެ. މީގެ އިތުރުން އައްޑޫގެ މޭޔަރު އަލީ ނިޒާރާއި ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ރަޝީދުގެ ގޭގެ ފާރުގައި ވެސް އިންޑިއާ އައުޓް ޖަހާފައިވާކަމުގެ މައުލޫމާތު ލިބިފައިވެއެވެ. މީގެ ކުރިންވެސް އައްޑޫ ސިޓީގެ މޭޔަރު ނިޒާރުގެ ކާރު ގައިވެސް ވަނީ އިންޑިއާ އައުޓް ޖަހާފައެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމުވެ ތިބުމާ ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިސްނަގައިގެން ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ގަރާރެއް ނެރުއްވާފައެވެ. އަދި މި ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ސަރުކާރުން ދަނީ ހަރުކަށި ފިޔަވަޅު އަޅަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button