ޚަބަރުސިޔާސީ

ރައީސް ޔާމީނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމަށް ށ އަތޮޅުން ހާއްސަ މަޝްވަރާ ބައްދަލުވުމެއް ފަށައިފި

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކާމިޔާބު ކޮށްދިނުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް ށ.އަތޮޅުގެ ރަށްތައް ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ.

”ށ 2023 އަށް ކުރާ ދަތުރު“ މި ނަމުގައި އެ އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމުގައިވާ ފުނަދޫގައި އިއްޔެ ވަނީ ވޯކްޝޮޕެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި އެ އަތޮޅުގެ ހުރިހާ ރަށަކުންވެސް ޕީޕީއެމްގެ މަންދޫބުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ޕީޕީއެމަށް ނިސްބަތްވާ ކައުންސިލްތަކުގެ ރައީސުންނާއި ޕީޕީއެމް ސްޓިއަރިން ކޮމެޓީގެ މެންބަރުން ހިމެނެއެވެ.

”ބޮންތި“ އަށް މައުލޫމާތު ދެމުން ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބަށް އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތާ ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމުގައެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރައީސް ޔާމިން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ޕާޓީގެ ގޮފިތައް ވަރުގަދަކުރުމާއި ގުޅޭގޮތުން އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ހިއްސާ ކުރައްވައި، އެކަން ކަމާ ގުޅޭގޮތުން ބައިވެރިންނާއި މަޝްވަރާ ކުރައްވާފައި ވެއެވެ.

މި ބައްދަލުވުން ކޮންމެ މަހަކުވެސް ށ. އަތޮޅުގެ ކޮންމެވެސް އެއް ރަށެއްގައި ކުރިޔަށްދާނެ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

One Comment

  1. 2023 ގެ ރިޔާސީ އިންތިޙާބުގެ ވޯޓްކަރުދާސް ކޮޅުގައި ޔާމިނުގެ ނަމެއް ނޯންނާނެ. ޕީ،ޕީ،އެމް ގެ އެހެން ބޭފުޅެއްގެ ނަން އިންނާނީ.. ޔާމިނުގެ 5 އަހަރުގެ ވެރިކަމުން ފެއިލްވެ އިންތިޙާބުގަ ރައްޔިތުން ބޮޑުތަފާތަކުން ޔާމިނު ބޭނުން ނޫންކަމައް ނިންމީމަ ލަދުޙަޔާތެއް ހުރީއްޔާ ވެރިކަމާ ކުރިމަތިލާނެތަ.. ޔާމިނަކީ މާޒީ….

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button