ޚަބަރު
ޓެރަރިޒަމް އޮޕަރޭޝަންގައި 13 މީހަކު ހައްޔަރުކޮށްފި

ފުލުހުންނާއި ސިފައިން ކުރިއަށްގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި މިހާތަނަށް 13 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގައި މިހާތަނަށް އައްޑޫ ސިޓީން ނުވަ މީހަކާއި މާލެއިން ދެ މީހަކާއި ކ. ގުރައިދޫއިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހަރުކަށި ފިކުރުގެ މައްސަލައިގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން މިދިޔަ އަހަރު ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.