ޚަބަރުކުޅިވަރުދުނިޔެ

ދުނިޔޭގެ މަޝްހޫރު ނެޓްފިޓްއާއެކު އެމްވީ ނެޓާސް އާއި ކްލަބް ގްރީން ސްޓްރީޓްސް ގެ ’ގަރލްސް ކޭން“ ޕްރޮޖެކްޓް ފަށަައިފި

’އެމްވީ ނެޓާރސް‘ އަދި ކުލަބު ’ގްރީން ސްޓްރީޓްސް’އިން އިސް ނަގައިގެން އޮސްޓްރޭލިއާގެ އަދި ނެޓްބޯޅަ ދުނިޔޭގެ ނަން މަޝްހޫރު ނެޓްފިޓް ނެޓްބޯޅައާއެކު ’ގަރލްސް ކޭން! – އަ ކޮމިއުނިޓީ އެންޕަވަމެންޓް‘ ޕްރޮޖެކްޓެއް ފަށައިފިއެވެ.

މި ނަމުގައި ނެޓްބޯޅައިގެ އެކި ހަރަކާތްތަކެއް މެދުވެރިކޮށް އަންހެން ކުދިން މުޖުތަމައުގައި ބާރުވެރިކޮށް ކުރިއެރުވުމުގެ އަމާޒުގައި ރޭވިފައިވާ ޕްރޮގްރާމެއް މި މަހު 21ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ޔޫތު މިނިސްޓްރީގެ އެއްބާރުލުމާއެކު ރޭވިފައި މިވާ ޕްރޮޖެކްޓަކީ ރާއްޖޭގައި މިހާތަނަށް ބޭއްވިގެންދާ އެންމެ ބޮޑު އިވެންޓަށް ވެގެންދާނެއެވެ. އަދި މީ ސައުތު އޭޝިއާ ރީޖަންއަށް ނެޓްފިޓް ތަޢާރަފު ވެގެން ދާނެ ފުރަތަމަ ފަހަރު ކަމަށްވުމީ ވެސް ވަރަށް ބޮޑު ފަޚުރެކެވެ.

ނެޓްފިޓްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ނެޓްބޯ އެޕެކެވެ. މި ކުންފުނި ހިންގާ ބޭފުޅުންގެ އަމާޒަކީ ގުރާސްރޫޓު ލެވެލްގައި މި ކުޅިވަރު ބިނާކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނެޓްބޯޅަ ކުޅޭ އަންހެން ކުދިން ބާރުވެރި ކުރުމެވެ.

ޝާރްނީ ލޭޓަން- އޮސްޓްރޭލިއާ ނެޓްބޯޅަ ޓީމުގެ ކެޕްޓަން

ނެޓްފިޓްއިން ރާއްޖެއަށް މި ކުރާ ދަތުރުގައި ބައިވެރިވަނީ ނެޓްފިޓްގެ ފައުންޑަރ އަދި އޮސްޓްރޭލިއާގެ ނަން މަޝްހޫރު، ކާމިޔާބު ނެޓްބޯޅަ ކުޅުންތެރިޔާ ސާރާ ވޯލްއެވެ. ސާރާއާއެކު އޮސްޓްރޭލިއާގެ ނެޓްބޯޅަ އަދި ފުޓުބޯޅަ ލެޖެންޑެއް ކަމުގައިވާ ޝާރްނީ ލޭޓަން ބައިވެރިވެއެވެ. ޝާރްނީއަކީ އޮސްޓްރޭލިއާ ނެޓްބޯޅަ ޓީމުގެ ކެޕްޓަންކަންކޮށް، ދެ ފަހަރު މަތިން ނެޓްބޯޅައިގެ ވޯލްޑްކަޕް ވެސް ހޯދާފައިވާ މަގުބޫލު ކުޅުންތެރިއެކެވެ. މި ދެ ކުޅުންތެރިންނާ ބައްދަލުވެ، އެ ކުޅުންތެރިންގެ ފަރާތުން ނެޓުބޯޅައިގެ ހުނަރުތަކާއި އައު އުކުޅުތައް ދަސް ކުރަން މި ލިބޭ ފުރުސަތަކީ ކުޅިވަރަށް ޝައުގުވެރިކަން ހުރި ކޮންމެ ކުއްޖަކަށް ވެސް ރަނުގެ ފުރުސަތަކަށް ވެގެންދާނެ ކަމަށް އެމްވީ ނެޓާރސްގެ ފައުންޑަރ ލޫނާ މޫސާ ވިދާޅުވިއެވެ.

ސާރާ ވޯލް – އޮސްޓްރޭލިއާ ނެޓްފިޓްގެ ފައުންޑަރ

’ގަރލްސް ކޭން‘ ކެންޕޭންގެ ދަށުން ސްކޫލް ކުދިންނަށާއި، ނެޓުބޯޅަ އެކެޑަމީތަކުގައި އުޅޭ ކުދިންނަށާއި، ނެޓުބޯޅަ ކޯޗުންގެ ތަމުރީނު އަދި ރާއްޖޭގެ ނެޓުބޯޅަ ގައުމީ ޓީމުގެ އިތުރުން އަތޮޅު ތެރޭގައި ނެޓުބޯޅައިގެ މަގުބޫލުކަން އިތުރުކޮށް ކުދިންނަށް އައު ހުނަރުތަކެއް ދަސްކޮށް ދިނުމުގެ ސެޝަންތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. ހަމައެހެންމެ، މި ޕްރޮގްރާމު އިފްތިތާހު ވުމާއެކު މުޅި ރާއްޖޭއަށް ނެޓްފިޓްގެ އޮންލައިން އެޕްލިކޭޝަން އެއް އަހަރު ދުވަހަށް ހިލޭ ހުޅުވާލުމަށް ނެޓްފިޓްއިން ވަނީ ނިންމާފައެވެ.

ގަރލްސް ކޭން‘ ކެންޕޭން‘

މި އެޕްލިކޭޝަނަކީ ’ކޯޗިން ވީޑިއޯ’ތަކާއި ސެޝަންތައް، ’ފިޓްނަސް ޗެލެންޖެސް’، ’ކިޑްސް ފިޓްނަސް’، ’ކޯޗިން ޕްރޮގްރާމް’ތައް، ’މެޑިޓޭޝަން އެންޑް ޔޯގާ’އާއި ’ޑެއިލީ ޕްލޭނަރސް‘ ވެސް ހިމަނާފައިވާ، ކޮންމެ ކުޅިވަރެއްގެ އެތުލީޓަކަށް ވެސް އަދި ކޯޗުންނަށް ވެސް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ އެޕްލިކޭޝަނެކެވެ.

ނެޓްފިޓްގެ ފައުންޑަރ ސާރާ ވޯލް ވިދާޅުވީ ”އަންހެނުން އަދި އަންހެން ކުދިންނަކީ އަބަދުވެސް ދިރިއުޅުމުގައި އެކި ގޮންޖެހުންތަކާ ކުރިމަތިލާ ބައެއް. ނަމަވެސް ެ ގޮންޖެހުންތަކަކީ އަހަރެމެންގެ ކުރިއެރުމާއި، ކާމިޔާބީތަކަށް ގަދައަޅާ މަސައްކަތް ކުރުމަށް އޮތް ހުރަހެއް ކަމުގައި ނުބަލަން. މުޖުތަމަޢުގެ ކުރިއެރުމަށް ޓަކައި އައު ފުރުސަތުތަކެއް ހޯދާދީ، ރަނގަޅު ބަދަލުތަކެއް ގެނައުމުގެ ޒިންމާގައި ތިބި ޓީމުތަކާއެކު މި ޕްރޮޖެކްޓުގައި ހިއްސާވެގެން މަސައްކަތް ކުރުމާމެދު އަހަރެން ފަހުރުވެރިވަން. މިފަދަ ހިއްސާވުންތަކަކީ މިފަދަ އިވެންޓުތަކުގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ސިއްރު. ޝާރްނީއާއި އަޅުގަނޑު މިތިބީ މި ދިވެހި ޓީމާއި ދިވެހިރާއްޖޭހެ އަންހެން ކުދިންނާއެކު މި މަސައްކަތް ފެށުމަށް ކެތް މަދުވެފައި“

ނެޓްފިޓްގެ ކުރީގެ ބައެއް ކެންޕޭންތަކުގެ ތެރެއިން

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button