ޚަބަރުސިޔާސީ

އާ ސަރުކާރުގެ މަތީފަޑީގައި އަންހެނުންގެ ދައުރު ފުޅާވާނެ: ޑރ. މުއިއްޒު

އެމަނިކުފާނު ސަރުކާރުގެ މަތީފަޑީގައި އަންހެނުންގެ ދައުރު ފުޅާވާނެ ކަމަށާއި، އެގޮތުން ސަރުކާރުގެ ހަ ކުންފުންޏެއްގެ އިސްވެރިންގެ ގޮތުގައި އަންހެނުން ލައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާއްސަބަތުގައި ޕީއެސްއެމް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

ޑރ. މުއިއްޒު ވިދާޅުވީ، އަމާޒަކީ ނަތީޖާ ނެރެދިނުމަށް ހާއްސަ ސަރުކާރެއް އެކުލަވާލުން ކަމަށާއި، އެގޮތުން ސިޔާސީ މަގާމުތަކަށް އައްޔަން ކުރެވޭ މީހުންނަކީ އެމަނިކުފާނުގެ ބަސް ހިނގާ، ތައުލީމީ ބައެއްކަން ޔަގީންކުރައްވާނެ ކަމަށެވެ. އަދި މީގެ އިތުރުން ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރައްވާނެ ކަމަށާއި މިނިސްޓްރީތައް ވެސް ބައްޓަން ކުރައްވާނީ އެފިޝިއެންޓް މަސައްކަތްތަކެއް ކުރެވޭ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button