އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ޖަލްސާ ހުއްޓުވުމަށް އެމްޑީޕީން ރޭވި ރޭވުން ފެއިލްވި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފާފާޅުކޮށްފިއެވެ.
ރައީސް ނަޝީދު ’އެކްސް’ގައި ކުރެއްވިި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިންތިޚާބީ ރައީސްގެ ހުވާ ކުރެއްވުމުގެ ޖަލްސާ ހުއްޓުވުމަށް އެމްޑީޕީން ރާވަމުންދިޔަ ރޭވުން ފެއިލްވުމުން މާތްاللّٰه އަށް ހަމްދު ކުރާކަމަށެވެ.
”ހުވާކުރެއްވުމުގެ ކަންކަން ދާނީ ރީތިކޮށް“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އެމަނިކުފާނު ވަކިކުރަން ހުށަހަަޅާފައިވާ ގަރާރުގެ މަސައްކަތް ނުނިމެނީސް މަޖިލީހުގައި އެހެން މަސައްކަތެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ބުނަމުން އައިސްފައި ވަނިކޮށް އެކަން އެގޮތަށް ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.