ޚަބަރު

21 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދީގެން މާންދޫގައި މުޒާހަރާ ކުރަނީ

ލ. މާންދޫ ފިޝަރީޒް ކޮންޕްލެކްސް އިން މަސްވެރިންނަށް ފައިސާ ނުދޭތާ މަސް ދުވަސް ވުމުން ލ. އަތޮޅާއި ތ. އަތޮޅުގެ މަސްވެރިން އިހްތިޖާޖު ކުރަން ފަށައިފިއެވެ.

މި އިހުތިޖާހުގައި ބައިވެރި ވަނީ ލ. އަތޮޅާއި ތ. އަތޮޅުގެ މަސްވެރިންނެވެ. އެގޮތުން 22 ދޯންޏެއްގެ މަސްވެރިން މިކަމުގައި ބައިވެރިވެފައިވެއެވެ. މިކަމުގައި ބައިވެރިވި މަސްވެރިން ބުނެފައި ވަނީ އިހުތިޖާޖަށް ނުކުންނަން ޖެހުނީ މާންދޫ ޕިޝަރީޒް ކޮންފްލެކްސްއަށް މަސްކިރުމަށް ފަހު ފައިސާ ނުލިބޭތާ މަސް ދުވަސްވެ، ފައިސާ ލިބޭނެ ދުވަހެއް ވެސް ނޭނގޭތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުންކަމުގައެވެ. އަދި މާންދޫން މަސްވެރިންނަށް އައިސްއާއި ޑީސަލް ވިއްކާ އަގު ބޮޑުވުމުގެ ޝަކުވާ ވެސް މަޝްވެރިން އަންނަނީ ކުރަމުންނެވެ.

މާންދޫ ފިޝަރީޒް ކޮންޕްލެކްސްއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ގުރޫޕުގެ ދަށުން ހިންގާ މަސްކާރުހާނާއެކެވެ.

މަސްވެރިން ކިރާ މަހަށް ހަމައަގު ހޯދައިދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. ނަމަވެސް ބާނާ މަސް ނުކިރުމާއި އައިސް ނުލިބުމާއި، ކިރާ މަހަށް ދޭންޖެހޭ އަގުނުލިބުމުގެ ބޮޑެތި މައްސަލަތައް ދޭތެރެ ދޭތެރެއިން އަންނަނީ ފެންމަތި ވަމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button