ޚަބަރު

ނިރުބަވެރި އަމަލުގެ ތުހުމަތުގައި އައްޑޫއިން ހައްޔަރުކުރި މީހުން މާލެ ގެނެސްފި

އައްޑޫ ސިޓީއިން ނިރުބަވެރި އަމަލެއް ހިންގުމަށް އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު މީހުންގެ ބަންދަށް މުއްދަތު ޖެހުމަށްފަހު މާލެ ގެނެސްފިއެވެ.

މި މައްސަލާގައި އައްޑޫސިޓީން 10 މީހުން ހައްޔަރުކޮށްފައިވާއިރު, މާލެ ސިޓީ އިން ދެ މީހަކާއި ކ. ގުރައިދޫއިން އިތުރު 2 މީހެއް ހައްޔަރުކޮށްފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކ.ގުރައިދޫން ހައްޔަރުކުރި ދެ މީހުންނަކީވެސް އައްޑޫއަށް ނިސްބަތްވާ ދެ މީހުންނެވެ.

މި މައްސާލާގައި 18 އަހަރާއި 33 އަހަރުގެ ދެ މީހުންނާއި 46 އަހަރުގެ މީހާއަށް ކޯޓުން 15 ދުވަހުގެ މުއްދަތު ޖަހާފައިވެއެވެ. އޭގެ އިތުރަށް 19 އަހަރާއި 27 އަހަރުގެ ދެ މީހުންނާއި 28 އަހަރުގެ މީހާ 30 ދުވަހުގެ މުއްދަތަށް ބަންދުކުރަން ނިންމާފައިވާއިރު، 27 އަހަރުގެ މީހާއާއި 30 އަހަރުގެ މީހާއި 35 އަހަރުގެ މީހާއާއި 37 އަހަރުގެ މީހާ މި މައްސަލައިގެ ޝަރީޢަތް ނިމެންދެން ބަންދުކުރަން ކޯޓުުން އަމުރުކޮށްފައިވެއެވެ.

މި މީހުންނަށް ކުރާ ތުހުމަތަކީ ގިނަ ބަޔަކު މަރާލައިގެން ނުރައްކާތެރި ޓެރަރިސްޓު ހަމަލާއެއް ދިނުމަށް ރޭވުމުގެ ތުހުމަތެވެ. އަދި ފުލުހުން ބުނެފައިވަނީ މި ހަމަލާ ނާކާމިޔާބުކޮށްލުމުގެ މަސައްކަތް ފެށީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button