ޚަބަރު

އަލަމްގީރު އަށް އިތުރު 9 މަސް ދުވަހުގެ ޖަލު ހުކުމެއް ކޮށްފި!

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެ، ހުކުމް ތަންފީޒުކުރަމުންދާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރުގެ މައްޗަށް އިތުރު ނުވަ މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.

މި އަޑުއެހުން ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެންނެވެ. އަލަމްގީރުގެ މައްޗަށް 9 މަސް ދުވަހުގެ ޖަލުހުކުމެއް އައިސްފައި މިވަނީ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ހަ ދައުވާއަށް އޭނާ އަމިއްލައަށް އިތުރާފްވުމުންނެވެ.

އަލަމްގީރްގެ މައްޗަށް މީގެކުރިން ވަނީ ދެ އަހަރުގެ ޖަލު ހުކުމަކާއި ހަތް މަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ދާދިފަހުން ވަނީ ރައްޔިތުންގެ މަޖްލީހުގެ ރައީސްގެ ކޮއްކޮ އަހުމަދު ނާޒިމް އަބްދުއްސައްތާރު އަދި ސާޖަންޓް އަބްދުއްރަހުމާން ރަފީއު (ދޮންދިގު) މައްޗަށްވެސް ހުކުމްކޮށްފައެވެ.އަދި މި މައްސަލައިގައި ދެން ދައުވާ އުފުލާފައިވާާ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button