ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި 4 އަންހެނަކާއި 8 ފިރިހެނުން ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ހިންގި ޚާއްޞަ އޮޕްރޭޝަންއެއްގައި 12 މީހުން ހައްޔަރުކޮށްފިއެވެ.
އާންމު އުސޫލުން މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރޭ ހުޅުމާލެއާއި މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 4 އަންހެނަކާއި 8 ފިރިހެނުން ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުން ރޭ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާއިއެކު ޕާޓީ ކުރަމުން ދިޔަ ބައެކެވެ. އެހެންނަމަވެސް މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ފުލުހުން ހިއްސާކޮށްފައި ނުވާއިރު ހައްޔަރުކުރި މީހުންގެ ބަންދާއިމެދު ނިންމި ގޮތެއްވެސް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ބަލަންޖެހޭކަންކަން ބަލާ ތަޙުޤީޤުކުރަމުން އަންނަކަމަށެވެ.