ޚަބަރު

އައްޑޫ ސިޓީ ހިތަދޫ ފާރުތަކުގައި އިންޑިއާ އައުޓް ޖަހައިފި

އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ފާރުގައި ރޭގެ ވަގުތެއްގައި ”އިންޑިއާ އައުޓް“ ޖަހައިފިއެވެ.

އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީހެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވަނީ އައްޑޫއަށް ވަޑައިގެން އެރަށުގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލު ކުރަށްވާފައެވެ.

ރައީސް ޔާމީން އަށް އައްޑޫއިން ކީ މަރުހަބާގެ ސަބަބުން އެމްޑީޕީގެ ބައެއް މެންބަރުން ސޯޝަލް މީޑިއާގައި ވަނީ އައްޑޫ ރައްޔިތުންނަށް ފާޑުކިޔައި ދެން މިސަރުކާރުން ކޮށްދޭނެ ކަމެއް ނޯނާނެކަމަށް ބުނެ އަޑުފަތުރާފައެވެ.

ރައީސް ޔާމީން އައްޑޫ ދަތުރުފުޅު ނިންމާލުމަށް ފަހު މާލެ ވަޑައިގަތީ ރޭގެވަގުތެއް ގައެވެ.

ގިނަ އާމުން އަދި ހާއްސަގޮތެއްގައި އައްޑޫ ރައްޔިތުން މިއަމަލު ސިފަކުރަށްވަނީ މުޅި އައްޑޫ ސީޓީގެ ރައްޔިތުން ރައީސް ޔާމީން އަށް ތާއިދުކުރުމުން އެކަމުގެ ފޯކަސް ގެއްލުވާލަން މިހާރުގެ ސަރުކާރުން ޖައްސަމުން ގެންދާ ސްޓަންޓެއް ގޮތުގައެވެ.

ސަރުކާރުގެ އެކި އެކި އިސް މަގާމްތައް ފުރުއްވަމުން ގެންދަވާ ބޭފުޅުންގެ ގެކޮޅުތަކުގައި އަދި ކާރުކޮޅުތަކުގައި ފަހަކަށް އައިސް އިންޑިއާ އައުޓް ގްރެޕިޓީ ޖަހަމުންދެއެވެ. މިއީ އިދިކޮޅު ޕާޓީ ޕީޕީއެމް އިން ރާވައިގެން ކުރަމުން ދާ ކަމެއްގެ ގޮތުގައި ތުހުމަތު ކުރެވުނަސް ވަރަށް ފަހުންވެސް މިފަދަ މައްސަލައެއްގައި އެމްޑީޕީގެ މެންބަރެއް ހައްޔަރު ކުރެވުނެވެ.

އިންޑިއާ އައުޓް ހަރަކާތް އިތުރަށް ފުޅާވެ، ބޮޑުކޮށް ކުރިއަށް ގެންދަން ފެށީ ރައީސް ޔާމީން މިނިވަންވުމަށް ފަހުއެވެ.

ރައީސް ޔާމީން ގެންދަވަނީ މިހަރަކާތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ހުއްޓާލުމަށް ކުޑަވެސް ޖާގައެއް ނުދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ އެހަރަކާތް ހިންގަން ޖާގަ ނުދޭނެކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button