ޚަބަރުސިޔާސީ

އައްޑޫ ސިޓީ ހިތަދޫ ގައި ހުރި ރައީސް ނަޝީދުގެ އޮފީހުގައި އިންޑިއާ އައުޓް“ ޖަހައިފި

އައްޑޫ ސިޓީ ހިތަދޫގައި ހުރި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އޮފީހުގައި ”އިންޑިއާ އައުޓް“ ޖަހައިފި އެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްވެ ތިބި އިންޑިއާ ސިފައިންނާއި ދެކޮޅަށް ކުރިއަށްގެންދާ ”އިންޑިއާ އައުޓް“ޙަރަކާތުގެ ތެރެއިން ހިތަދޫގައި ހުންނަ ނަޝީދުގެ އޮފީހުގެ ފާރުގެ އެކި ތަންތަނުގައި ކަޅުކުލައިން ވަނީ އިންޑިއާ އައުޓް ސްޕްރޭކޮށްފަ އެވެ.
މީގެ އިތުރުން އައްޑޫގެ މޭޔަރު އަލީ ނިޒާރާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުގެ ގޭގެ ފާރުގައި ވެސް އިންޑިއާ އައުޓް ޖަހާފައިވާކަމުގެ މައުލޫމާތު ލިބިފައިވެއެވެ.

ފާހަގަކޮށްލެވޭގޮތުގައި މީގެ ކުރިންވެސް އައްޑޫ ސިޓީގެ މޭޔަރު ނިޒާރުގެ ކާރު ގައިވެސް ވަނީ ”އިންޑިއާ އައުޓް“ޖަހާފައެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމުވެ ތިބުމާ ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިސްނަގައިގެން ކުރިއަށްގެންދާ ”އިންޑިއާ އައުޓް“ ޙަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ޤަރާރެއް ނެރުއްވާފައެވެ. އަދި މި ޙަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ސަރުކާރުންދަނީ ހަރުކަށި ފިޔަވަޅު އަޅަމުންނެވެ.

ސަރުކާރުގެ އެކި އެކި އިސް މަޤާމްތައް ފުރުއްވަމުން ގެންދަވާ ބޭފުޅުންގެ ގެކޮޅުތަކުގައި އަދި ކާރުކޮޅުތަކުގައި ފަހަކަށް އައިސް އިންޑިއާ އައުޓް ގްރެޕިޓީ ޖަހަމުންދެއެވެ. މިއީ އިދިކޮޅު ޕާޓީ ޕީޕީއެމް އިން ރާވައިގެން ކުރަމުން ދާ ކަމެއްގެ ގޮތުގައި ތުހުމަތު ކުރެވުނަސް ވަރަށް ފަހުންވެސް މިފަދަ މައްސަލައެއްގައި އެމްޑީޕީގެ މެންބަރެއް ހައްޔަރު ކުރެވުނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button