ޚަބަރު

ސިފައިންނާއި ފުލުހުން ގުޅިގެން ކައުންޓަރ ޓެރަރިޒަމްގެ އޮޕަރޭޝަނެއް ފަށައިފި

ދިވެހި ސިފައިންނާއި ފުލުހުން ގުޅިގެން ކައުންޓަރ ޓެރަރިޒަމްގެ އޮޕަރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަނާއި ގުޅިގެން ފުލުހުން ބުނީ ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން ކުރިއަށް ގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނެއް މާލެއާއި އައްޑޫ ސިޓީއާއި އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދާކަމަށެވެ.

މި ކަމާއި ގުޅިގެން ”އައްޑޫ ލައިވް“ ގައި ބުނެފައި ވަނީ މި އޮޕަރޭޝަން ހިންގަންފަށާފައިވަނީ ބޮމުގެ އިންޒާރަކާއި ގުޅިގެން ކަމަށެވެ. އަދި ފުލުހުންނާއި ސިފައިން އައްޑޫ ސިޓީ ހިތަދޫގެ ގެއެއް ބަލައި ފާސްކުރަމުންދާ ކަމަށްވެސް އެނޫހުގައި ވަނީ ރިޕޯޓްކޮށްފައެވެ. އެގޮތުން ފުލުހުންނާއި ސިފައިން ބަލާ ފާސްކުރަމުން ދަނީ ހިތަދޫ މެދުވަލު އަވަށުގައި ހުންނަ ގެއެއް ކަމަށާއި އެގެއަށް ފުރަތަމަ ވަދެފައި ވަނީ ގޮވާތަކެތި ހޯދުމަށް ހާއްސަކޮށްފައި ތިބޭ ސިފައިން ކަމަށް ”އައްޑޫ ލައިވް“ ގައި ބުނެފައި ވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުން ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގެ އިތުރު ތަފްސީލް ހާމަ ކުރެވެން އޮތް މިންވަރަކުން ހާމަކުރަމުން ގެންދާނެކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button