ޚަބަރުސިޔާސީ

ނާޒިމް ޢަބްދުލްސައްތާރު މަގުމަތީ ހުއްޓާފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާއްމުވެއްޖެ

އެތައް ބަޔަކާއެކު ލިވާތު ކުރި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށަށް އިއުތިރާފް ވެފައިވާ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހުމަދު ނާޒިމް އަބްދުއްސައްތާރު 3 މަސް ދުވަހަށް ގޭ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރިފަހުން އިއްޔެގެ ވަގުތެއްގައި މަގުމަތިން ފެނިއްޖެއެވެ.

މީސްމީޑިއާގައި އާއްމުވެފައިވާ ވީޑިއޯ އެއްގައި އަޙްމަދު ނާޒިމްއަބްދުއްސައްތާރު ފެނިފައިވަނީ އޭނާގެ ގޭގެ ދޮރުމަތިންނެވެ. ވީޑިއޯގައި އޭނާ ބުނާގޮތުން، އޭނާ ހޮސްޕިޓަލަށްދާން ނުކުއްކަމާއި ނުކުމެފައިވަނީ ހުއްދަ ހޯދައިގެންކަންވެސް ބުނެފައިވެއެވެ.

މި މަހުގެ 15 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވާގޮތުން ދައުލަތުން ނާޒިމްގެ މައްޗަށް އުފުލާފައިވާ އެއްޖިންސުން ގުޅުންހިންގުމުގެ ކުށުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ވަނީ ސާބިތުވެފައެވެ. އަދި ޝަރީއަތުން ނިންމީ އޭނާ ތިން މަހާއި 26 ދުވަހަށް ގޭ ބަންދު ކުރުމަށެވެ. އެގޮތަށް ހުކުމް އައިސްފައިވަނީ އޭނާ ކުށެއް ކުރި ފުރަތަމަ ފަހަރު ކަމަށް ވެފައި، އިއުތިރާފު ވުމުގެ ސަބަބުން ކުށުގެ އަދަބު ދެ ދަރަޖަ ދަށް ވުމާ ގުޅިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button