ޚަބަރުސިޔާސީ

އެއްވެސް އިންތިހާބީ ގޮނޑިއެއް އެހެން ޕާޓީއަކަށް ދެން ނުދޭޭނަން: ރައީސް ޔާމީން

އެއްވެސް އިންތިހާބީ ގޮނޑިއެއް، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ނުވަތަ ކައުންސިލްގެ ގޮނޑިއެއްވިޔަސް އެހެން ޕާޓީއަކަށް ދެން ދިނުމުގެ ހިޔާލު ޕީޕީއެމްގެ ނެތްކަމަށް އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދު ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ނ.އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެންމެ ފަހު މަންޒިލަކަށް ބުރާސްފަތި ދުވަހު ވެލިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު  ވިދާޅުވީ ނ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި އެކ ރަށްރަށުން އެކި ޝަކުވާަތައް އައިސްފައިވާކަމަށާއި، ހަމައެކަނި ޝަކުވާއަކީ އިގްތިސާދީ ބޮޑެތި މަސައްކަތް ރަށްރަށުގައި ނުކުރެވި ހުރި ކަންކަން ނޫންކަމުގައެވެ. ކުދިކުދި ކަންތައްތައްވެސް އެބަހުރިކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ އެކަމުގައި ހުރިހާ ބަދުނާމެއް އުފުލަން ޖެހެނީ ޕީޕީއެމް ކަމަށް ވީއިރު، އެ ދާއިރާތަކުގެ ކަންކަން ބެލެހެއްޓުމުގައި 2018 ގެ ނިޔަލަށް އިސްކޮށް އުޅުނީ އެމްޑީއޭ ކަމުގައެވެ.

ހާއްސަކޮށް ވެލިދޭ ދާއިރާއިން ޕީޕީއެމްގެ ކެނޑިޑޭޓެއް ދެއްކިއްޖެކަމަށް ވާނަމަ މިދާއިރާގެ ހުރިހާ ޝަކުވާތަކެއް ރައީީސް ޔާމީން އާއި ހަމައަށް އަންނާނެކަމަށާއި ނަމަވެސް މިގޮތަށް މިކަން ނުވެއްޖެނަމަ އެއްވެސް ޝަކުވާއެއް އެމަނިކުފާނާއި ހަމައަށް ނާންނާނެކަމަށް ޔާމީން ވިދާޅުވިއެވެ. އެހެން ކަމުން 2024 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް އެ ދާއިރާއަށް ޕީޕީއެމްގެ މެންބަރެއް ނެރެދެއްވުމަށް ރައީސް ޔާމީން ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ނ.އަތޮޅަށް ރައީސް ޔާމީން ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު އެނބުރި މާލެ ވަޑައިގަތީ ހުކުރު ދުވަހުގެ ހެނދުނުގައެވެ. ދެން އެމަނިކުފާނުގެ މަންޒިލަކަށް ވާނީ އައްޑޫ ސިޓީއެވެ. ޔާމީން އައްޑޫއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button