ކުށްތަކުގައި ދައުވާ ކޮށްފައި ތިބޭ މީހުން މަގާމުތަކަށް ލައިގެން ދައުލަތުގެ ދިފާއުގައި ވާހަކަ ދެއްކުމަކީ ކުށް ކުރާ މީހުނަށް ލިބޭ ހިތްވަރެއް ކަމުގައި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވާފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ނ.މަގުދޫ ބައި އިލެކްޝަން ކެމްޕެއިންގައި ބައިވެރިވެވަޑައިގެން އިދިކޮޅުގެ ބޭފުޅުންނަށް ފާޑުވިދާޅުވެ، ދެއްކެވި ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ނަރީޝް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޮޑެތި ކުށްތަކަށް ތުހުމަތުކުރެވޭ އަދި ކުށްތަކުގައި ދައުވާ ކޮށްފައި ތިބޭ މީހުން ދައުލަތުގެ ބޮޑެތި މަގާމުތަކަށް ލައި، އެމީހުން ޕޯޑިއަމްތަކަށް އަރުވައިގެން ދައުލަތް ހިމާޔަތް ކުރުމުގެ ނަތީޖާ އަކީ ރާއްޖޭގައި ކުށްކުރާ މީހުންނަށް ހިތްވަރު ލިބި ބޮޑެތިވެގެންވާ ކުށްތަކަށް އަރައިގަތުން ކަމުގައެވެ.
”ކުށްކުރަމުން ކުރަމުންގޮސް ގައުމުގެ މިނިވަންކަމާއި ސިޔާދަތީ ބާރުތަކާއި ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުވެސް ވިއްކާލުމުގެ ކުށް ސަރުކާރުން މިވަނީ ކޮށްފަ.“ ނަރީޝް ވިދާޅުވިއެވެ.
ނަރީޝް ފާހަގަކުރެއްވިގޮތުގައި މިއީ ބޮޑަތި މުޖުރިމުންގެ ސަރުކާރެކެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގައި ޖަރީމާ ހިންގާފައިވާ އެންމެނަށް ފިޔަވަޅު އެޅޭނެ ކަމަށާއި އެމީހުންގެ މައްސަލަ ބެލޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ބޮޑަތި ކުށްތަކަށް ތުހުމަތުކުރެވޭ އަދި ކުށްތަކުގައި ދައުވާ ކޮށްފައި ތިބޭ މީހުން ދައުލަތުގެ ބޮޑެތި މަގާމުތަކަށް ލީމާ އެމީހުން ޕޯޑިއަމްތަކަށް އަރުވައިގެން ދައުލަތް ހިމާޔަތް ކުރުމުގެ ނަތީޖާ އަކީ ރާއްޖޭގައި ކުށްކުރާ މީހުންނަށް ހިތްވަރު ލިބި ބޮޑެތިވެގެންވާ ކުށްތަކަށް އަރައިގަތުން. https://t.co/aJOly1iGYp
— Ahmed Narysh (@ahmed_narysh) October 29, 2022
ގައުމުގެ މިނިވަންކަމާއި ސިޔާދަތީ ބާރުތަކާއި ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުވެސް ވިއްކާލުމުގެ ކުށް ސަރުކާރުން ކޮށްފައިވާކަމަށް ނަރީޝް ވިދާޅުވާ ވާހަކަތަކަކީ ބެލެވޭގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބައި ކުރުމާ ގުޅޭގޮތުން މިހާރު ކުރެވެމުންދާ ބަހުސަށް އަމާޒު ކުރައްވައި ދެއްކެވި ވާހަކައެކެވެ.
މަހްލޫފް ވިދާޅުވެފައިވާގޮތުގައި ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސްގައި ހިމެނޭ ފޯޅަވަހީގެ މައްސަލަ ނިމިފައިވާތާ އެތައް ޒަމާނެއް ވެއްޖެއެވެ. އަދި ރާއްޖޭގެ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވިއްކާލާފައިވާ ކަމަށްބުނެ އިދިކޮޅުން ދޮގު ހަދައި އޮޅުވާލާފައިވާކަން އޭނާ ވަނީ މަގޫދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު ހޮވުމަށް ރޭ އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވިދާޅުވެފައެވެ.
މަހުލޫފު މިފަދައިން ވިދާޅުވި ނަމަވެސް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި އައްޑޫ އާއި ދެކުނުން 200 މޭލުގެ ސަރަހައްދެއް އޮންނާނެ ކަމަށް ވޭތުވެދިޔަ ކޮންމެ ސަރުކާރަކުންވެސް އައީ ބުނަމުންނެވެ. އަދި ޗާގޯސްގެ މައްސަލާގައި ރާއްޖޭގެ ޒަމާންވީ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ރާއްޖެއިން ނިންމާފައިވާ ކަން މިމަހުގެ 20 ވަނަ ދުވަހު ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި އިއުލާން ކުރެއްވީ ރާއްޖޭގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތެވެ. އެ މައްސަލައިގައި ކުރީގެ ބަންޑާރ ނައިބުން ކަމުގައިވާ ޑރ.މުހައްމަދު މުނައްވަރު އާއި، އާޒިމާ ޝުކޫރުގެ އިތުރުން ދިޔާނާ ސައީދުވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި މޮރިޝަސްގެ ސިޔާދަތު ފޯޅަވައްސަށް ހިނގާނެ ކަމަށް ކަނޑައަޅައި ރައީސް ސޯލިހު މޮރިޝަސްގެ ރައީސަށް ފޮނުއްވެވި ސިޓީ ހާމަ ނުކުރާ މައްސަލަވެސް ވަނީ ހޫނު ވެފައެވެ.
ރައިސް ޔާމީން ދައުރުގަ ތަރަށް ގީކޮއްފައޮތީ އެބޭފުޅުން އަސަރުކުރާ ވަރުގެ ތަރައްގީއެްނުގެނެވޭނެ
ނަރޭޝް ރަގަޅު އެވާހަކަދައްކަން ތިމާއަކީ ފޯނެއްގެ މައްސަލަ އާއި އެޕަރޓްއަށް ކުލިނުދަްްނކައިގެން ކޯޓުހުކުމެއް އޮތް MMRPC ވަގެއް