ޚަބަރު

މިއަހަރުގެ ފުރަތަމަ ކުއާޓާގައި މޯލްޑިވިއަން އަށް 29 މިލިއަން ރުފިޔާގެ ގެއްލުމެއް

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ސަރުކާރު ކުންފުނި އައިލެންޑް އޭވިއޭޝަނަށް 29.8 މިލިއަން ރުފިޔާ ގެއްލުން ވެއްޖެއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން އާންމުކުރާ ކުއާޓަލީ ރިވިއުއިން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓާގައި އައިލެންޑް އޭވިއޭޝަނަށް އާމްދަނީގެ ގޮތުގައި ލިބުނީ 436 މިލިއަން ރުފިޔާއެވެ. އަދި ގްރޮސް ޕްރޮފިޓްގެ ގޮތުގައި ލިބުނީ 127 މިލިއަން ރުފިޔާއެވެ. އަދި އޮޕަރޭޓީން ޕްރޮފިޓް އެންޑް ލޮސްގެ ގޮތުގައި 31.4 މިލިއަން ރުފިޔާ ގެއްލުންވިއިރު، ހުރިހާ ހަރަދެއް ކަނޑާފައި ފުރަތަމަ ކުއާޓާ ނިންމާލީ 29.8 ރުފިޔާގެ ގެއްލުމުގައެވެ.

މި ގެއްލުމާއެކު އެ ކުންފުނީގެ ޖުމްލަ ދަރަނީގެ ގޮތުގައި 529.6 މިލިއަން ރުފިޔާ އެބައޮތެވެ. އައިލެންޑް އޭވިއޭޝަން ބަނގުރޫޓު ވަމުންދާއިރު، ކުންފުނިން ދޭ ހިދުމަތުގެ ފެންވަރު ދުވަހަކަށްވުރެ ދުވަހެއް ދަށަށް ދާކަމުގެ ޝަކުވާތައް ހިދުމަތް ހޯދާ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

One Comment

Leave a Reply to Dharani Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button