ޚަބަރު

އިންޑިއާގެ ކަރްނާޓަކާގައި ދެ މުސްލިމަކަށް އަނިޔާކޮށް މަރާލައިފި!

އިންޑިއާގެ ކަރްނާޓަކާގައި ހިންދޫންގެ ބަޔަކު، ދޮރުން ދޮރަށް  އެއްޗެހި ވިއްކާ މުސްލިމުންގެ ދެ މީހަކަށް އަނިޔާކޮށް  މަރާލައިފިއެވެ.

ޓުވީޓާގައި އާންމުންގެ މީހަކު ހިއްސާކުރި ވީޑިއޯއިން ފެނިގެން ދަނީ އެއްވެސް އިންސާނިއްޔަތު ކަމެއްނެތި އަނިޔާކުރާ މަންޒަރެވެ. މުސްލިމުންނަށް އަނިޔާ ކުރުން މިއީ އިންޑިއާގައި އާންމުކަމެކެވެ. އަނިޔާވެރިކަމުގައި ހައްދު ފަހަނައަޅާފައިވާ ހިންދޫންނަކީ ފެށުނީއްސުރެ މުސްލިމުންނަށް އަނިޔާކޮށް މަރަމުންދާ ބައެކެވެ.

އެގޮތުން މިމަހު ކުރީ ކޮޅުގައި އަހުމަދުއާބާދުގެ ނަވްރާތްރީ ގަރްބާ އިވެންޓަކަށް ގަލުން ތަޅައި އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބައެއް މުސްލިމް ފިރިހެނުންނަށް ގުޖުރާތުގެ ޚައިދާ ޑިސްޓްރިކްޓްގައި ތިބި ފުލުހުންގެ ބަޔަކު ވަނީ އެމީހުން ބަނދެ ދަނގަޑުބުރިއަކުން ތަޅާފައެވެ.

އަދި މިދިޔަ ސެޕްޓެމްބަރު މަހު ލަކިމްޕޫރ ޙޭރީ ޑިސްޓްރިކްޓްގައި ގުރޫޕަކުން ދެބެއިން ރޭޕްކުރުމަށްފަހު އެކަން ފޮރުވަންވެގެން އެ ދެބެއިންގެ ހަށިގަނޑު ދަންޖައްސާފައި ހުއްޓާވެސް ވަނީ ފެނިފައެވެ.

މިދިޔަ ޖުލައި މަހު ސޯޝަލް މީޑިއާގައި ވައިރަލްވި ވީޑިއޯއަކުން ފެންނަނީ  އުމުރުން 45 އަހަރުގެ ރިކްޝާ ޑްރައިވަރު އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރަ ޕްރަދޭޝްގެ ސިޓީއެއް ކަމަށްވާ ކާންޕޫރުގެ މަގުގައި އޭނާގެ ކުޑަ އަންހެން ދަރިފުޅު ހިއްފަހައްޓައިގެން ހުރިއިރު އަނިޔާ ކުރަމުންދިޔަ މަންޒަރެވެ.

އަދި މިގޮތަށް އަނިޔާ ކުރަމުންދާއިރު ”ހިންދުސްތާން ޒިންދާބާދު ނުވަތަ ”ލޯންގް ލިވް އިންޑިއާ“ ނުވަތަ ”ޖައި ޝްރީ ރާމް“ ނުވަތަ ”ވިކްޓްރީ ޓު ލޯޑް ރާމް“ ކިޔަން  މި ފަހަކުން ހަމަލާދޭ މީހުން ބުނަމުން ދެއެވެ.

މިގޮތަށް މުސްލުމުންނަށް ދޭ އަނިޔާތައް ކޮންމެ ދުވަހަކު ސޯޝިއަލް މީޑިއާގައި އާއްމުވެގެން ދާއިރު އިންސާނީ ހައްގައް މަސައްކަތް ކުރާ ފަރާތްތަކުން މިކަމަށް ފިޔަވަޅެއް ނާޅައި މި މަންޒަރު ބަލަން ތިބުމަކީ ވަރަށްވެސް ހިތާމަހުރިކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. ހިންދޫންގެ ޖަމާއަތްތަކުން މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިންޑިއާގައި އާދަޔާ ހިލާފަށް އާންމުވެފައިވާއިރު، އެ ހަމަލާތައް ބަލައި އިންސާފު ހޯދައިދެވޭތަނެއް ނުފެނެއެވެ.

One Comment

  1. ވަކިއިޒުރޭލުތަ އިންޑިޔާގަވެސް ކަމަކާނުލާކިހާމުސްލިމުންނެއްތައެމަރަނީ އެކަމަކު ނޭވާލާން ެެެެެެެެސްސަރުކާރުންވެ ސްބޭނުންވަނީ އިންޑިޔާނޭފަތުންނޭވާލާންވެސް ޭނ ންސް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button