
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގޮތަށް މަގުމަތީގައި އުޅޭ ޕާޓޭއަކުވެސް ވެރިކަން ކުރާނެކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ސާލިހްގެ ވެރިކަން މިދާގޮތުން، ވެރިތަކު ނުދޭވަރުގެ ގެއްލުން ދޭނެކަމަށެވެ. އަދި ކުންފުނިތައް ބަނގުރޫޓް ވެއްޖެކަމާއި ދައުލަތުން ކުރާ ހަރަދުތައް އަދިވެސް މައްޗަށް ދާކަމަށް ވިދާޅުވެފައިވެއެވެ.
މިދާ ގޮތުން @ibusolih ވެރިޔަކު ނުދޭވަރުގެ ގެއްލުން ދޭނެ. ކުންފުނިތައް ބަނގުރޫޓްވެއްޖެ. ޚަރަދު އަދިވެސް މައްޗަށް. މަޤާމްތައް އިތުރުވަނީ. މަޖިލިސް ދިނީ ވަޢުދު ފުއްދަން. ރައްޔިތުންނަށް ތަކްލީފް ކުރާކަށްނޫން. ރ. ޞާލިޙް ގޮތަށް މަގުމަތީގައި އުޅޭ ޕާޓޭއަކުވެސް ވެރިކަން ކުރާނެ. pic.twitter.com/t4jb0iPBiM
— Mohamed Jameel Ahmed (@MJameelAhmed) October 19, 2022
އިތުރަށް ފާޑުވިދާޅުވަމުން ޑރ. ޖަމީލް ވިދާޅުވެފައިވަނީ ސަރުކާރުގެ މަޤާމުތައް އިތުރުކުރާކަމަށާއި، މަޖިލިސް ދީފައިވަނީ ވައުދުފުއްދަން ކަމާއި ރައްޔިތުނަންނަށް ތަކްލީފް ކުރަން ނޫންކަމަށެވެ.
Ekamaku thiakah nuvaane bondibaiy