ޚަބަރުސިޔާސީ

މިއަދު މިފެންނަނީ 8 އަހަރުވަންދެން އެމްޑީޕީގެ ލީޑަރޝިޕަށް ބަދަލުގެންނަންޖެހޭ ކަމަށް ބުނި ސަބަބު: އިބްރާ

އެމްޑީޕީގެ ލީޑަރޝިޕަށް ބަދަލު ގެންނަންޖެހޭ ކަމަށް ބުނަމުންދާތާ 8 އަހަރު ވެއްޖެ ކަމަށާއި މިއަދު މި ފެންނަނީ އެހެން ބުނަން ޖެހުނު ސަބަބު ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލު (އިބްރާ) ވިދާޅުވެއްޖެއެވެ.

އެހެނިހެން ސިޔާސީ ބޭފުޅުންނެކޭ އެއްފަދައިން އިބްރާވެސް މިފަދައިން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިވަގުތު ފެތުރެމުންދާ އަޑުތަކާއި،މި ސަރުކާރުގެ އިސްވެރިންނަށް ކުރެވޭ މުޑުދާރު ތުހުމަތުތަކާއި ގުޅިގެންނެވެ.

އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 8 އަހަރު ވަންދެން އެމްޑީޕީގެ ލީޑަރޝިޕް ބަދަލުކުރަންޖެހޭ ކަމުގައި ބުނަމުން އައި ނަމަވެސް އެފަދައިން ވިދާޅުވާ ކޮންމެފަހަރަކު އޭނާ އާއި ދިމާލަށް ހަޑިހުތުރު ބަސްތައް ރައްދުކުރާ ކަމަށެވެ.

އެހެންނަމަވެސް މިއަދު މިފެންނަނީ އޭރު އެހެން ބުނަންޖެހުނު ސަބަބުކަމުގައި އިބްރާ ފާހަގަކުރެއްވިއެވެ. މީގެ އިތުރަށް އިބްރާ ވިދާޅުވީ އެމްޑީޕީ އާއި ދުރުގައިހުންނަވަނީ ސަބަބުތަކަކަށްޓަކައި ކަމަށާއި، އޭނާއަށް ފެނުނު ކަންކަން އެހެން މީހުނަށް ފެނުންނަމައޭ ހިތަށްއަރާ ކަމަށެވެ.

ސަރުކާރުގައި ހިމެނޭ އެމްޑީޕީގެ އިސްފަރާތްތަކަށް ކުރެވޭ ތުހުމަތު ތަކާއިއެކު އެތައް އާންމު ރައްޔިތުންނާއި އަދި އިދިކޮޅު ކޯލިޝަނުންވެސް އަންނަނީ މިހުރިހާ ތުހުމަތެއް ބަލައި ދިނުމަށް އެދި ކަމާއި ބެހޭ ފަރާތްތަކަށް ގޮވައިލަމުންނެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button