ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސީމް އިބްރާހީމް އާއި ކޯލިޝަނާ އަރިސް ޕާޓީއެއް ކަމުގައިވާ އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް މަޑުން ތިއްބަވައި، ގައުމު އަނދަވަޅަކަށް ވައްޓާލުމުން އުމުރު ދުވަހު ޣައްދާރަށް ގޮވާނެ ކަމުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
Eureka! Alas,Adhalath sheikhs have found deliverance in salih lbu’s govt. Nazim,Qasim:ur meek effort to distance urself from the abyss u have thrown de country into, going to redeem ur selves? Traitors until death do u apart
— Abdulla Yameen (@prz_ymn) July 31, 2022
ރައީސް ޔާމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެ ދެބޭފުޅުން މަޑު މަޑުން ތިއްބަވައިގެން ފުން އަނދަވަޅެއްގެ ތެރެއަށް ގައުމު ވައްޓާލުމަށްފަހު ރައްޔިތުންގެ ހަމްދަރުދީ ހޯދަން ތޯ އުޅުއްވަނީ ސުވާލު ކުރައްވާފައެވެ.
ޔާމީންގެ ޓުވީގައި އަދާލަތު ޕާޓީއަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެމަނިކުފާނު ވިިދާޅުވިގޮތުގައި އަދާލަތު ޝެއިޚުން އުޅުއްވަނީ ރައީސް ސޯލިހުގެ ސަރުކާރުން ހިންގާފައިވާ ހަޑި މުޑުދާރު އަމަލުތަކުން ސަލާމަތް ވެވޭނެ ގޮތެއް ހޯދުމަށެވެ.
އަދާލަތު ޕާޓީގެ ޝެއިޚުންގެ އިތުރުން ބައެއް މަޖިލިސް މެންބަރުންނާއި، ސަރުކާރުގެ ސިޔާސީ މަގާމުގައި ތިބި ބޭފުޅުންގެ ތެރެއިން މަދު ބަޔަކު އަންނަނީ ރައީސް ސޯލިހުގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ. އެއާއެކު އެމަނިކުފާނަށް ފާޑު ކިޔަމުން އަންނަ ފަރާތްތަކުން ބުނަނީ ރައީސް ސޯލިހު އިސްތިއުފާ ދެއްވަން ޖެހޭ ކަމުގައެވެ.
ގާސިމާއި ނާޒިމް ގެދޮރު އަޅާފައި ހުރީ ރާއްޖޭގެ ފަޅުތަކާއި ރަށްތައް ވިއްކައިގެން ހޯދި ފައިސާއަކުންނޫނެވެ. ކޮންމެވެސް ދުވަހަކުން ދިވެހިން ގަޑުވަޜު ކިތަންމެ އުސް ކުރިޔަސް ހޯދާނެއެވެ.