ޚަބަރުސިޔާސީ

ރައީސް ސޯލިހާއި އެމްއެންޕީ އާއި ގުޅުމެއް ނެތް: ކާނަލް ނާޒިމް

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެއްވެސް ގުޅުމެއް ނެތް ކަމަށް އެމްއެންޕީ އުފެއްދެވުމުގައި އިސްކޮށް ހުންނެވި ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެއެވެ.

މިއަދު އެ ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެމްއެންޕީ އަކީ ވަކި މީހެއްގެ ފިކުރަކަށް ބަރޯސަވާ ޕާޓީއެއް ނޫންކަމަށެވެ. އެގޮތުން އެ ޕާޓީއާއި ރައީސް ސޯލިހާއި އެއްވެސް ގުޅުމެއް ނޯންނާނެކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވިގޮތުގައި އެމްއެންޕީގެ ފިކުރަކީ ގައުމީ ފިކުރެވެ. އެ ޕާޓީގެ އަމާޒަކީ ދިވެހިން އެދޭ ކަންތައްތައް ހާސިލް ކޮށްދިނުމެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޕީ އިން ވަނީ ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާނު ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button