ޚަބަރުސިޔާސީ

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެކަން ޔަގީން: ނާޒިމް

2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އަލަށް އުފެއްދުމަށް މަސައްކަތް ކުރާ ޕާޓީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމުގައި އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޑަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީގެ ފަރާތުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ މިހާރު ރާއްޖޭގައި ހުރި ސިޔާސީ ޕާޓީ ތަކަކީ ރައްޔިތުންގެ އުންމީދުތަށް ހާސިލުކޮށްދިނުމަށް ނުކުޅެދިފައިވާ ޕާޓީތަކެއް ކަމަށެވެ.

އެމްއެންޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންނަކީ ގައުމަށް އެތަކެއް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންތަކެއް ކަމަށާއި، އެ ބޭފުޅުންގެ ހިދުމަތް ރައްޔިތުން މިއަދުވެސް ބަލައިގަންނަ ކަމުގައި ނާޒިމް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުން އެމްއެންޕީ އަށް އިތުބާރު ކުރާނެކަންވެސް ނާޒިމް ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button