ޚަބަރު
އަޒްހާން ކަމަށްބެލެވޭ މީހާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިފި

ހުޅުމާލެ ފޭސް ދޭކުން ގެއްލިގެން ހޯދަމުން ދިޔަ ކ. މާލެ، ހ. ބޮނޑިކަނދޮޅުގެ، މުހައްމަދު އަޒުހާން (27އ)ގެ ހަށިގަނޑު ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާށް ފޮނުވައިފިއެވެ.
އެ ހަށިގަނޑު އިންޑިއާއަށް ފޮނުވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އަޒްހާން ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ފެނިފައިވަނީ ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން 02 އޮކްޓޯބަރ ގެ 5:45 ކަން ހާއިރު ހުޅުމާލެ ސްކޭޓް ޕާކު ކައިރިންނެވެ.
މުހައްމަދު އަޒުހާން 27، ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ ސެޕްޓެމްބަރ 19 ވަނަ ދުވަހުގެ 19:00ގައި ކަމަށާއި، އޭނާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ މާޖެހި، ޕީޗް ކުލައިގެ އަތްކުރު ގަމީހެއް ކަމަށް ފުލުހުން ސޯޝަލް މީޑިއާގައި ބަޔާންކޮށްފައިވެއެވެ.