ޚަބަރުސިޔާސީ

ސިޔާސީ 3 ޕާޓީއެއްގެ ވެރިން ޖީއެމްއާރް އެއްބަސްވުން ބާތިލްކުރަން ދެކޮޅު ހެދި: ރައީސް ޔާމީން

ރާއްޖޭގެ މައި އެއާޕޯޓް، އިންޑިއާގެ ޖީއެމްއާރްއަށް ކުއްޔަށް ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުން ކުރި މަސައްކަތާއި ދެކޮޅަށް، އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދު އާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް މަސައްކަތްކުރިނަމަވެސް ފަހުން އެބޭފުޅުންގެ ހިޔާލު ބަދަލުވިކަމަށް ޕީޕީއެމް އޮފީހުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޖީއެމްއާރް އަތުން އެއާޕޯޓު އަތުލުމުގެ މަޝްވަރާތައް ބޭއްވި ޖަލްސާތަކުގައި ކަންވީގޮތް ވިދާޅުވަމުން ރައީސް ޔާމިން ވިދާޅުވެފައިވަނީ ގާސިމް އިބްރާހިމް ވިދާޅުވެފައިވަނީ ބޭރުގެ ގައުމަކާއި އޮންނަ ގުޅުމަކަށް ވާނެ ގޮތެއް އެންމެ ރަނގަޅަށް އެނގޭނީ އެވަގުތަކު ވެރިކަން ހިންގަން ހުންނަ މީހަކަށް ކަމަށެވެ. އަދި އެކަމަށް ތާއީދުކުރާކަމަށް ގާސިމް ވިދާޅުވެފައިވާކަމަށެވެ. އަދި ޑީއާރުޕީގެ ކުރީގެ ލީޑަރު ތަސްމީނު އަލީ ވިދާޅުވެފައިވަނީ ރާއްޖެ ތަރައްގީ ކުރެވޭނީ ބޭރުގެ އިންވެސްޓަރުން ގެނެސްގެން ކަމަށާއި، މިވަރުގެ އިންވެސްޓްމެންޓެއް ހުއްޓާލާފިނަމަ، އިންވެސްޓަރުން ރާއްޖެދެން ނާންނާނެކަމަށާއި އަދި އެކަމަށް ތާއީދުކޮށް ބުނެފައިވަނީ ސަރުކާރުގެ ފަރާތުން މިކަން ވިސްނައިދޭން އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ އޭރުގެ ޑިފެންސް މިނިސްޓަރ ނާޒިމް ކަމަށެވެ.
ޝައިހް އިމްރާން ޖަލްސާގައި، ޖީއެމްއާރަށް އެއާރޕޯޓު ދިނުމާ ދެކޮޅުހެދިކަމަށް ރައީީސް ޔާމީީނަށް ހަބަރުލިބިފައިވާތީ އެއީ ރަނގަޅު ވާހަކައެއް ނޫންކަމަށާއި އެރޭގެ ޖަލްސާއަށް އިމްރާން ވަޑައިގެންނެވިއިރު ޖަލްސާގެ ހުރިހާ މަސައްކަތްތައް ނިމިފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

”މިހާރު ބައެއް ބޭފުޅުން ވިދާޅުވޭ އޭރުވެސް ތިމަންނަމެން ދެކޮޅޭ. އެކަމު އެ ވިދާޅުވަނީ މި ޖީއެމްއާރު އެގްރީމެންޓް ނުވަތަ ހަރުމުދާ ވިއްކާލަން ގާނޫނަށް އިސްލާހް ގެނައިއިރު އަޅުގަނޑުމެން އެންމެން ތިބީ އެއް އޮޑިއެއްގައި. ގާސިމްވެސް އަޅުގަނޑުވެސް، ހަސަން ސައީދުވެސް، ތަސްމީނުވެސް. އަޅުގަނޑުމެން އެންމެން ތިބީ އެއްް އޮޑިއެއްގައި. އެކަމު ރައީސް ވަހީދު އަޅުގަނޑުމެންގެ މަޝްވަރާއަށް އެއްކުރެއްވިއިރު ހިޔާލު މުޅިން ތަފާތުވެއްޖެ“  ރައީސް ޔާމީން ވިދާޅުވިއެވެ.

ނަޝީދުގެ ވެރިކަމުގައި ރައްޔިތުން މަޖިލީހުން، މަޖިލީހުގެ ރުހުން ނެތި ހަރުމުދާ ނުވިއްކޭނެ ކަމަށް ކަނޑައަޅައި ބިލް ފާސްކުރިއިރު، ސިޔާސީ ލީޑަރުން ވެސް ޖީއެމްއާރު އަތުން އެއާޕޯޓް އަތުލަން އެއްބަސްކަމަށާއި އަދި ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނާއި ގާސިމް އިބްރާހިމް އާއި ސިޔާސީ ބައެއް އެހެން ބޭފުޅުން ހައްޔަރުކުރީ ޖީއެމްއާރާ ދެކޮޅަށް ކުރި މަސައްކަތުގެ ސަބަބުން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button