
އަމީނީ މަގުގެ ގަސްތައް ކެނޑުމުގެ ވަގުތީ އަމުރާއި ގުޅިގެން ބޭއްވޭ ޝަރީއަތުގެ އަޑުއެހުން މާދާމާ، 06 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް ޝުނާނާ އެލްއެލްޕީ އެންޑް ކޯއިން ވިދާޅުވެއްޖެއެވެ.
ޝުނާނާ އެލްއެލްޕީ އެންޑް ކޯއިން މިހެން ވިދާޅުވެފައިވަނީ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ. މި ޓްވީޓްގައި ވިދާޅުވެފައިވަނީ އަމީނީ މަގުގެ ގަސްތައް ކެނޑުމުގެ ވަގުތީ އަމުރާއި ގުޅިގެން ބޭއްވޭ ޝަރީއަތުގެ އަޑުއެހުން ބުރާސްފަތި ދުވަހުގެ 1400 ޖަހާއިރުގައި ސިވިލް ކޯޓުގައި އޮންނާނެ ކަމަށެވެ. މި ޓްވީޓްގައި ސިވިލް ކޯޓުގެ ކޯޓު އަމުރުވެސް ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ.
Re: case submitted requesting to issue an order to stop removal of trees in Ameenee Magu in violation of laws.
Hearing scheduled for tomorrow at 2 pm at the Civil Court. @Mihaarunews @AdhadhuMV @sunbrk @avasmv @oneonlinemv @Dhaurunews @VaguthuOnline https://t.co/anNPPrjcUs pic.twitter.com/fFIOV3ydQa
— SHUNANA & CO.LLP (@shunanaLLP) October 5, 2022
މި މައްސަލަ ޝުނާނާ އެލްއެލްޕީ އެންޑް ކޯ އިން ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އެދިލެއްވުމެއްގެ މަތިންނެވެ.