ޚަބަރު

އަމީނީމަގުގެ ޝަކުވާތައް ކައުންސިލަށާއި މޭޔަރަށް!

އަމީނީމަގުގެ މަސައްކަތް ނުނިމި ދިގުލައިގެންދާ ދިއުމުގެ ސަބަބުން އެ މަގުގެ ދެފަރާތުގައި ދިރިއުޅޭ ރައްޔިތުންނާއި ވިޔަފާރި ވެރިންގެ އިތުރުން އެ ސަރަޙައްދަށް ނިސްބަތްވާ އާންމުގެ ގިނަ ޝަކުވާތަކެއް މާލެސިޓީ ކައުންސިލަށާ މާލެސިޓީގެ މޭޔަރަށްވެސް ލިބެމުންދާ ކަމަށް މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 

މޭޔަރ މިފަދައިން ވިދާޅުވީ ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި އަމީނީމަގުގެ މަސައްކަތާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

 

 

މަގުގެ ބޮޑުބައެއް ރޫޅާލާފަ މިހެން ގިނަ ދުވަސްތަކެއްވާތީ ޙަޤީޤަތުގަވެސް މީހުންނަށް ވަރަށް އުނދަގޫވޭ. އަޅުގަނޑަށްވެސް އަދި ކައުންސިލަށް ރަސްމީކޮށްވެސް މިކަމުގެ ޝަކުވާ ދަނީ ލިބެމުން.

 

 

މޭޔަރ މުޢިއްޒު ވިދާޅުވީ މިއީ ސިޔާސީ ކަމެއް ނޫންކަމަށާއި މިއީ ރައްޔިތުންގެ ޙަޤީޤީ ކަންބޮޑުވުމެއްކަމަށެވެ. އަދި މި ކަންބޮޑުވުންތައް ކަމާއިގުޅޭ ފަރާތްތަކަށް ފޯރުކޮށްދިންނަމަވެސް ޖަވާބުދާރީ ވެފައިނުވާކަން މޭޔަރ ފާހަގަ ކުރެއްވިއެވެ.

 

އަމީނީމަގު މަޝްރޫޢުއަށް 84 މިލިއަން ރުފިޔާ ހޭދަކުރިނަމަވެސް މިއީ 39 މިލިއަނަށް ވާންއޮތް ކަމެއް ކަން ފާހަގަކުރައްވަމުން މޭޔަރ ވިދާޅުވީ މާލެ ސިޓީ ކައުންސިލާއި އެކު ކުރިން ހެދިފައިވާ ސްކޯޕަށް ބަދަލެއްނާންނަ ކަމަށާއި މަޝްރޫޢުގަ ކުރިން ހިމަނާފަހުރި ކަންކަމަކަށް އެއްވެސް ކަމެއް އިތުރުވެފައިނުވާ ކަމަށެވެ.

 

ހަމަ އަޅަންހުރި ހޮޅި އަކަށް ހޮޅިއެއް އަދިވެސް އެ އަޅަނީ. ތާރުގެ ބޯމިން އިތުރެއްނުވޭ. ނޫނީ އޭގެ ދަށަށްދާ ފަށަލަތައް އިތުރެއްނުވޭ. އެއްވެސް ކަމެއް އިތުރުނުވެ ހަމަ އޮތްގޮތަށް 34 މިލިއަނުން 84 މިލިއަނަށް

 

މޭޔަރ ވިދާޅުވީ މި އަގަށް މިހާބޮޑު ބަދަލެއް ގެނައި ސަބަބެއްކަމުގަ ބުނެވެންއޮންނާނީ އޭރު ސިޓީ ކައުންސިލުން ކުރަންއޮތް މުއްދަތަށްވުރެ މާ އަވަހަށް މަސައްކަތް ނިންމުން ކަމަށާއި އަވަސްކުރާނަމަ ނުވަތަ ރިސޯސަސް އިތުރުކުރާނަމަ އަގު ބޮޑުވެދާނެ ކަމަށެވެ. އެހެންނަމަވެސް މިހާދުވަސް ވެގެން ދިޔައިރު މަސައްކަތްތުގެ ސްޕީޑަށް ބަދަލެއް ނައިއިރު ގާތްގަނޑަކަށް ނިމިފައިވަނީ އަމީނީމަގުގެ 10 އިންސައްތަ ކަމަށެވެ.

އަމީނީ މަގު ހަދަމުންދާގޮތުން މީގެ ކުރިންވެސް މޭޔަރ މުޢިއްޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button