ޚަބަރު

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ އިސް ޤާޟީން އައްޔަންކޮށްފި

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ އިސްޤާޟީ ކަމުގެ މަޤާމަށް ދެބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މި ދެ މަޤާމަށް އެ ކޮމިޝަނުން ކޮށްފައިވާ 02 އިޢުލާންގެ ދަށުން ކުރިމަތިލީ ފަރާތްތަކާއި ”ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ“ އިން އިންޓަރވިއުކޮށްފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސްޤާޟީ ކަމަށް އައްޔަންކުރެވުނު ޅ.ހިންނަވަރު، މާތިލަ، އަލްއުސްތާޛު އާދަމް މުޙައްމަދު.

މިއަށްފަހު ކްރިމިނަލް ކޯޓުގެ އިސްޤާޟީ ކަމަށް ހަމަޖެއްސުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވަނީ ޅ.ހިންނަވަރު، މާތިލަ، އަލްއުސްތާޛު އާދަމް މުޙައްމަދު ކަމަށް ޖޭއއެސްސީ އިން ބުނެފައިވެއެވެ. އަދި ސިވިލް ކޯޓުގެ އިސްޤާޟީ ކަމަށް ހަމަޖެއްސުމަށް ކޮމިޝަނަށް ލަފާއަރުވާފައިވަނީ ގއ.މާމެންދޫ، ފެހިގެ، އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދު ކަމަށް ވެސް އެ ކޮމިޝަނުން ބުނެފަައިވެއެވެ. އެހެންކަމުން މި ދެބޭފުޅުން މަޤާމަށް އައްޔަންކުރުމަށް  03 މެއި ގައި ބޭއްވުނު  ކޮމިޝަންގެ ބައްދަލުވުމުގައި ނިންމާ، އެދެބޭފުޅުންނަށް ވަނީ ފަތްކޮޅު އަރުވާފައި ކަމަށް ޖެއެސްސީއިން ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓްގެ އިސް ޤާޟީގެ މަޤާމް ހުސްވެފައިވަނީ އެ މަޤާމްގައި ކުރިން ހުންނެވި ޤާޟީ އަހުމަދު ޝަކީލް ހައިކޯޓްގެ ފަނޑިޔާރުކަމަށް ހުވާކުރެއްވުމާއި ގުޅިގެންނެވެ. އެހެންކަމުން މިއަހަރުގެ 13 މާރިޗު އިން ފެށިގެން ކްރިމިނަލް ކޯޓުގެ އިސް ޤާޟީގެ ގޮތުގައި ވަގުތީ ގޮތުން މަސައްކަތް ކުރައްވާފައިވަނީ ޤާޟީ އާދަމް މުހައްމަދެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button