ޚަބަރުސިޔާސީ

މިނިސްޓަރ މަހުލޫފު ޗެކްކުރި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރެއް ސަސްޕެންޑް ކޮށްފި

ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް، ޗެކްކުރި ކައްދޫ އެއަރޕޯޓުގައި މަސައްކަތްކުރާ އޭވިއޭޝަން އެކިއުރިޓީ ކޮމާންޑް އޮފިސަރެއް ސަސްޕެންޑް ކޮށްފިއެވެ.

”ބޮންތި“ ނޫހަށް މައުލޫމާތު ހިއްސާކުރި ބޭފުޅަކު ބުނެފައިވަނީ އެއާޕޯޓުގެ އެއްވެސް އޮޕަރޭޝަނަލް މަސައްކަތެއްގައި ބައިވެރިނުވެވޭ ގޮތަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރެއް ސަސްޕެންޑްކޮށްފައިވާ ކަމަށާއި އެ ސެކިއުރިޓީ ސަސްޕެންޑްކުރީ މިނިސްޓަރ މަހްލޫފް ޗެކު ކުރުމުން ކަމަށެވެ.

މިނިސްޓަރ މަހުލޫފް ކެމްޕެއިން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ފުރަން ހަމަޖެހިފައި އޮތީ އިއްޔެ ހެދުނު 6:15 ގައި ޗެކިންގ އޮތް މޯލްޑިވިއަން ފްލައިޓް އިން ކަމަށެވެ. މިނިސްޓަރ މަހުލޫފް ޗެކްކުރުމުން، އެކަމާ ހިތްހަމަނުޖެހިގެން ކައްދޫ އެއަރޕޯޓުން ނޫނީ މިގޮތަށް ޗެކު ނުކުރާކަމަށާއި އެއީ ކީއްވެ ވެގެންތޯ އާއި މެދުގައިވެސް ސުވާލު އުފައްދާފައިވާކަމަށް މައުލޫމާތު ދެއެވެ. ސިކިއުރިޓީ އޮފިސަރ ބުނެފައިވަނީ ދައުލަތުގެ ވަކިފަރާތެއްކަމަށް ސެކިއުރިޓީ ޗެކިން ނުހެދުމަށް އަންގާފައިވާ ކަމަށެވެ.

ޗެކްކުރުމަށްފަހު ކައްދޫ އިން ފުރައިގެން މިނިސްޓަރ މާލެ ދިޔުމާއިއެކު މާގިނަ އިރެއްނުވެ އެ ސެކިއުރިޓީ އޮފިސަރ ވަނީ މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރެވިފައެވެ. މި މައްސަލާގައި ސަސްޕެންޑު ކޮށްފައިވަނީ އަންހެން މުވައްޒަފެކެވެ.

One Comment

Leave a Reply to ހުދުހުދު Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button