
މިދިޔަ އާދިއްތަ ދުވަހު އިންޑިއާގެ އެގްޒިމް ބޭންކުން އިތުރު 100 މިލިއަން ޑޮލަރުގެ ދަރަންޏެއް ނެގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
100 މިލިއަން ޑޮލަރުގެ ދަރަނީގެ އެއްބަސް ވުމުގައި ސޮއިކޮށްފައިވަނީ އިންޑިއާގެ ފަރާތުން އެ ޤައުމުގެ އެގްޒާމް ބޭންކުގެ ޖެނެރަލް މެނޭޖަރު ނިރްމިތު ވެޑް އަދި ރާއްޖޭގެ ފަރާތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ.
މި ސަރުކާރުގެ ވެރިކަން ފެށުމާއިއެކު، 800 މިލިއަން ޑޮލަރުގެ ދަރަންޏެއް އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ ނަގާފައެވެ. އެގޮތަށް، މީގެ ކުރިންވެސް ތާފާތު އެތަކަށް ކަންކަމަށް އިންޑިއާގެ އެގްޒިމް ބޭންކުން ލައިން އޮފް ކްރެޑިޓް ގެ ގޮތުގައި ދަރަނި ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ.
މިގޮތުން، އުތުރުތިލަފަށުގައި ތަރައްޤީ ކުރާ އަސްކަރީ މަރުކަޒުގެ މަސައްކަތަށްވެސް 50 މިލިއަން ޑޮލަރު ނަގާފައިވެއެވެ.