ޚަބަރު

124 މިލިއަން ޖޫރިމަނާގެ ގޮތުގައި އިތުރަށް ހޯދައިފި

މި އަހަރުގެ މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 186 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި މަހު 27 ގެ ނިޔަލަށް، ޖޫރިމަނާގެ ގޮތުގައި ދައުލަތުން 186.9 މިލިއަން ރުފިޔާ ހޯދާފައިވެއެވެ. އެކަމަކު މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 157.9 މިލިއަން ރުފިޔާ އެވެ. އަދި މިއަހަރުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވަނީ 62.4 މިލިއަން ރުފިޔާ އެވެ. މިހާތަނަށް 186 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ އަންދާޒާ ކުރިވަރަށް ވުރެ 124.5 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އެއީ މިދިޔަ އަހަރާ އަޅައި ބަލާއިރު 29 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ޕާކު ކުރާނެ ތަނެއް ނުދައްކާ ވެހިކަލްތަކުގައި ސްޓިކާ ނުޖަހާނެ ކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button