ޚަބަރުސިޔާސީ

މަސް ގަންނަ ބޯޓަކާ ދިމާވި މަސްވެރިއެއް ނެތް، މުޅިންވެސް ދިމާވަނީ ދާއަޅާ ބޯޓުތަކާއި: ޝިޔާމް

މަސް ގަންނަ ބޯޓަކާ ދިމާވި މަސްވެރިއެއް ނެތް ކަމަށާއި، މުޅިންވެސް ދިމާވަނީ ދާއަޅާ ބޯޓުތަކާއި ކަމަށް ނައިފަރު ދާޢިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި ޕްރޮގްރެސިވް ޕާޓީގެ ނައިބު ރައީސް އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ބޭރުގެ ކަނޑު އުޅަނދެއްގެ ފޮޓޯއެއް ޓުވިޓާހައި ހިއްސާ ކުރައްވައި، އެމްޕީ ޝިޔާމު އެއީ ރީސާރޗް ކުރާ އުޅަނދެއް ކަމުގައެވެ. އަދި އުޅަނދު މިހާރު ހަރަކާތްތެރިވަނީ ސަތޯރަހަ މަތީގަ ކަމަށެވެ. ސަރުކާރުން މަސް ގަންނަ ބޭރުގެ ބޯޓުތަކައް ފުރުސަތު ހުޅުވާލައިގެން ކަމަށް ބުނެ ރާއްޖޭގެ ކަނޑުތަކުގައި މިކުރާ ކަމަށެ ބުނެދޭން ޖެހޭނެކަން ޝިޔާމް ފާހަގަކުރެއްވިއެވެ. 

މި ދުވަސްވަރަކީ ރާއްޖޭގެ ދެކުނުގެ މަސްވެރިކަން ތިޔާގިވަމުންދާ ދުވަސްކޮޅަކަށް ވީހިނދު، މިފަދަ ކަންކަމަކީ ސަރުކާރުން ޖަވާބުދާރީން ވާން ޖެހެނޭ ކަންކަމުގައި ގިނަ ބަޔަކު ދެކެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button