ޚަބަރު

ބޮމުގެ ހަމަލާއިން ނަޝީދު ސަލާމަތްކުރި ބޮޑީގާޑަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ޒަހަމްވި އެމަނިކުފާނުގެ ބޮޑީގާޑް އިލްހާމް އާދަމް އޮޕްރޭޝަނެއް ކުރަން ތައްޔާރު ވެއްޖެއެވެ.

އޭނާ ކުރުމަށް ހަމަޖެހިފައި ވަނީ ކަނދުރައިގެ އޮޕްރޭޝަނެކެވެ. އޮޕްރޭޝަން ކުރުމަށް ހަަމަޖެހިފައި ވަނީ މާދަމާއެވެ. މިކަމާއި ގުޅިގެން ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުލް ސައްތާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮމުގެ ހަމަލާއިން ރައީސް ނަޝީދު ރައްކާތެރި ކޮށްދިން އިލްހާމް (ސާރ) ގެ ކަނދުރާގެ ޑިސްކް ހަލާކުވެފައިވާ ކަމަށެވެ.

https://twitter.com/nazimsat/status/1409323884399054851?s=20

މާދަމާ އައިޖީއެމްއެޗް ގައި އިލްހާމްގެ އޮޕްރޭޝަން ކުރާނެ ކަމަށާއި އޭނާއަށް އަވަސް ޝިފާ އަކަށް އެދޭ ކަމުގައި ނާޒިމް ވިދާޅުވިއެވެ.

މި ހަމަލާގައި ނަޝީދުގެ އިތުރުން ބޮޑީގާޑުންނާއި އާންމުންގެ ދެ މީހަކަށް ވެސް އަނިޔާވިއެވެ. އެ އެންމެންގެ ޒަަހަމްތައް އަިވެސް މުޅިން ފަސޭހަ ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button