ޚަބަރު

ބްރިޖް އެޅުމަށް ކުންފުންޏަކާއި ހަވާލު ކުރަން އަނެއްކާވެސް އެހެން ތާރީހެއް

ތިލަމާލެ ބްރިޖު އަޅެމުގެ މަސައްކަތް ކުރިއަށް އޮތް 10 ދުވަސް ތެރޭ ކުންފުންޏަކާ ހަވާލު ކުރާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅު ވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ މި ހިނގާ ޖޫން މަހުގެ 8 ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި ބްރިޖު އަޅަން ބަޔަކާ ހަވާލު ކުރާނެ ކަމަށް ވިދާޅުވި މުއްދަތު ފަހަނަ އަޅައި ދިޔައިރުވެސް ކުންފުންޏަކާއި ހަވާލު ނުކުރާތީވެ އެކަމާއި ގުޅޭގޮތުން އޮންލައިން ނޫހެއްކަމުގައި ”އަވަސް“ އިން ސުވާލު ކުރުމުންނެވެ.

އަސްލަމް އިތުރަށް ވިދާޅުވި ކުރިއަށް އޮތް 10 ދުވަސް ތެރޭގައި ކޮންޓްރެކްޓްގައި ސޮއިކޮށް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. މާލެ އާއި ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލަން އަޅާ ”ތިލަ މާލެ“ ބްރިޖް ގެ ކަނެކްޓިވިޓީ 2023 ވަނަ އަހަރަށް ނިމިގެންދާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް މީގެ ކުރިން އަސްލަމް ވަނީ ”ތިލަ މާލެ“ ބްރިޖު 2023 ވަނަ އަހަރުގެ ތެރޭގައި ފެނުން މައްޗަށް ފެންނިގެން ދާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button