ހެއްކާ ބެހޭ ގާނޫނު އިސްލާހުކުރާއިރު މަސްދަރު ހާމަކުރުން މަޖުބޫރުކުރާ މާއްދާ އުވާ ނުލަންހެއްަޖސ ނިންމައިފިއެވެ.
އެ ބިލްވަނީ މިދިޔަ ޖޫން މަހުގައި ފާސްކޮށް ތަސްދީގުވެސްކޮށްފައެވެ. ނަމަވެސް މަސްދަރު ހާމަކުރަން ޖެހޭ ގޮތުން އޮތުމުން ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެ ގާނޫނު އިސްލާހު ކުރާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދި ފަހުން އޮތީ ވިދާޅުވެފަ އެވެ.
އެޓާނީ ޖެނެރަލް އޮފީހުން ބުނީ އިސްލާހުގެ ބިލުގައި ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމްކުރާ ޙާލަތްތައް ކަމުގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ ކުށްތަކާއި ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތައް އިތުރަށް ސާފުވާނެ ގޮތަށް ހިމަނައިފައިވާ ކަމަށެވެ.
އިސްލާހުގެ ބިލު އެކުވަލާލީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް އެޑިޓާސް ގިލްޑް (އެމްއީޖީ) އާއި އެނޫންވެސް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ކަމަަށާއި އަދި ބިލު މި ހަފްތާ މަޖިލީހަށް ހުށަހަޅާނެކަމަށް އޭޖީ އޮފީހުން ބުނެއެވެ.