ޚަބަރުސިޔާސީ

ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ބާތިލުކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކުރުމުގެ ތެރެއިން ފުލުހުންތަކެއް ބިދޭސީއަކަށް އަނިޔާކުރި މައްސަލާގައި ހިންގާފައިވާ ތަހުގީގު ގޯސްކަމަށް ހައިކޯޓުން ކޮށްފައިވާ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި އެވެ.

2019 ވަނަ އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާފަންނު އުޖާލާގެ ބަލައި ފާސްކުރުމުގެ ތެރޭގައި ބަންގްލަދޭޝް މީހަކު އަނިޔާ ކުރުމަށްފަހު ހައްޔަރުކުރާ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވި އެވެ.

އެމީހުން ބުނެފައިވާ ގޮތުގައި އެ ތަހުގީގު ހިންގީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 76 ވަނަ މާއްދާ އާއި ހިލާފަށެވެ. އެ މާއްދާގައި ވާގޮތުން ގާނޫނު ތަންފީޒުކުރާ އެއް އިދާރާއިން ތަހުގީގު ކުރަމުންދާ ކުށަކީ އެހެން އިދާރާއަކުން ތަހުގީގުކުރުމުގެ ބާރު ލިބިދޭ ބާވަތުގެ ކުށެއްނަމަ، އެ ކުށެއްގެ ތަހުގީގު ގެންދަން ޖަހޭނީ ދެ އިދާރާ ގުޅިގެން، ނުވަތަ ހާއްސަ ބާރު ލިބޭ އިދާރާއަކުންނެވެ.
މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ބެންޗުގައި އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫނާއި، ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިން ވެސް އިއްތިފާގު ވަނީ ފުލުހަކު ޖިނާއީ ކުށެއް ކުރި ކަމަށް ބުނާ މައްސަލަ ބަލަން ކޮމިޝަންގެ ގާނޫނުގައި އޮތުމުން އެހެން އިދާރާތައް ބައިވެރިކުރަން ޖެހޭނެ ކަމަށެވެ. އެހެންވެ، މައްސަލައިގެ ތަހުގީގުގައި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން ބައިވެރިކޮށްފައި ނުވާތީ މައްސަލައިގެ ތަހުގީގު ބާތިލް ކަމަށް ހައި ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކުރަން ޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރި އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button