
ހަނިމާދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއުގައި އިއްޔެ ސޮއިކޮށްފިއެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއިއެވެ. މި މަޝްރޫ އަކީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އަދި މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ލޯނެއް ނަގައިގެންނެވެ. އެ ލޯނުގެ ތަފްސީލު ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފަހުކޮޅުގައެވެ. އަދި މަސައްކަތް ނިމި 2024 ވަނަ އަހަރު އެއާޕޯޓު ބޭނުން ކުރަން ފެށޭނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.