ހަނިމާދޫގެ އެއަރޕޯޓް ހެދުމަށް ބޮޑު ބިމެއް އިންޑިއާއަށް

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ ދަށުން ހދ.ހަނިމާދޫ އެއާޕޯޓު ތަރައްޤީކޮށް އިތުރަށް ފުޅާކުރުމަށް ހިންގަން ރާވާފައިވާ މަޝްރޫޢުގެ އެއްބަސްވުމުގައި މިރޭ ސޮއިކުރާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
ހަނިމާދޫ އެއާޕޯޓު ފުޅާކުރުމުގެ މަޝްރޫޢަކީ 2.1 ބިލިއަން ރުފިޔާގެ މަޝްރޫއަކަށްވީ ހިނދު އިންޑިއާގެ އެގްޒިމް ބޭންކުން ދިވެހި ސަރުކާރަށް ދީފައިވާ 800 މިލިއަން އެމެރިކާ ޑޮލަރުގެ ކްރެޑިޓް ލައިނުގެ ދަށުން ހިންގަން ހަމަޖައްސާފައިވާ މަޝްރޫޢެކެވެ.
ކުރިން ސަރުކާރުން ވައުދުވެފައިވަނީ މި މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމުމަށެވެ. ނަމަވެސް މިހާރު ސަރުކާރުން ބުނަމުންދަނީ މި މަޝްރޫޢު ނިންމައިލެވޭވަރުވާނީ 2024 ވަނަ އަހަރު ކަމަށެވެ.
މި މަޝަރޫޢު ހިންގުމަށް ހަނިމާދޫން ބޮޑު ބިމެއް އިންޑިއާގެ ކުންފުންޏަށް ހަވާލުކުރާނެއެވެ. އަދި މި އެއާޕޯޓުގެ މަސައްކަތް އެ ކުންފުނިން ހިންގާނީ މަރުހަލާތަކަކަށް ބަހާލައިގެންކަމަށްވެސް މައުލޫމާތު ލިބެއެވެ.