ޚަބަރުސިޔާސީ

މަސްނުކިރޭ ކުއްލި މައްސަލައެއް މަޖިލީހަށް

މަސްވެރިން ބާނާ މަސް ނުކިރި، މަސް ގަންނަ މިންވަރު ކޮންޓްރޯލް ކުރުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އިއްޔެގެ މަޖިލިސް ޖަލްސާގައި ހުށަހެޅުއްވި މައްސަލަ މަޖިލީހުން ބަލައިގަތީ 25 މެމްބަރުންގެ ވޯޓާއެކުއެވެ. ނުފެންނަކަމަށް ހަތަރު މެމްބަރުން އަދި ވަކި ކޮޅަކަށް އެއް މެެމްބަރަކު ވޯޓެއް ނުދެއްވިއެވެ.

މައްސަަލަ ހުށަހަޅުއްވަމުން މެންބަރު ޝިޔާމް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެފައިވާ މި ދުވަސްވަރު، މަސްގަންނަ މިންވަރު ލިމިޓް ކޮށްފައި ވާތީ މަސްވެރިން ގަދަ އަވީގައި ކަނޑުމަތީ ދުއްވައިގެން މަސްވެރިން ބާނާ މަސްކޮޅު ކިރުވަން އެތައް ދުވަހަކު ކިޔުގައި މަޑުކުރަންޖެހޭ ކަމުގައެވެ. އަދި ދޯނިތަކުން ބާނާ މަހުގެ 90 އިން ސައްތަ އަގު ނުލިބުމާއި، މަސްވެރިންނަށް ރަނގަޅު އަގެއްގައި އައިސް ނުލިބޭތީ، އައިސް ކިޔުއާއި ތެޔޮ ކިޔުއާއި މަސްކިޔުގައި ރެއާއި ދުވާލު މަސްވެރިންނަށް ތިބެން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މަަސްވެރިންނަށް ކުރިމަތިވާ ދަތިތައް ވަގުތުން ހައްލުކޮށްދިނުމަށް ޝިޔާމް ވަނީ ގޮވާލައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button