
އެލް.ޖީ.ބީ.ޓީ.ކިއު ގްރޫޕްތައް މަނާކުރުމަށް ގޮވާލައި އެތައް ހާސް ބަޔަކު އިސްތަންބުލް، ތުރްކީގައި ހިނގާލުމެއް ބާއްވާފައިވެއެވެ.
އެއްޖިންސުން ގުޅުން ހިންގުމާއި ދެކޮޅަށް ތުރުކީގައި ބޭއްވި ހިނގާލުމުގެ ބައިވެރިން ގޮވާލަމުން ދިޔައީ ތިބާގެ އާއިލާ އާއި ތިބާގެ ޖީލު ހިމާޔަތް ކުރުމަށެވެ. ހިނގާލުމުގެ ބައިވެރިން އިސްލާމްދީން އެއްޖިންސުން ގުޅުން ހިންގުމުގެ މި ވަބާއިން ރައްކާތެރިކޮށްދޭކަން ރަމްޒުކޮށްދޭ ޓީޝާޓްތައް ލާފައިވެއެވެ. އަދި ”ޖެންޑާލެސް ސޮސައިޓީއެއްގެ މަޝްރޫއަށް ނޫނެކޭ ބުނާށޭ“ ކިޔާ ނިޝާންތައްވެސް ހިފަހައްޓާފައިވެއެވެ.
އެއްޖިންސުން ގުޅުން ހިންގުމަކީ “ނިއު ނޯމަލް” އަށްވަމުން އަންނަ ކަމަކަށްވީ ހިނދު، ދިވެހިރާއްޖޭގައި ވެސް ފަހަކަށް އައިސް މި މުޑުދާރު ޢަމަލު ކުރެވި ބައެއް މީހުންނަށް ވަނީ މި ކުށުގެ ޢަދަބު ތަންފީޒްކުރަން ޖެހިފައެވެ.
ގާޟި ސާހަބް ކުރަނީ އެންމެ އަދަބު ލުއި ޙުކުމް. ތަންފީޛީ މުއައްސަސާ އިން ދެއްވަނީ ދީލަތި މަޢާފު. ވީއިރު ބޮޑު ޙުކުމެއް ކުރުމަކީ ޖޯކަކޖަށް ފަހެ ނުވޭތޯ؟