
މިއަދު ކުރިއަށްދިޔަ ތުރްކީގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުގެ 52 އިންސައްތަ މިހާރުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ހޯއްދަވައި ތުރްކީގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފިއެެވެ.
އިލެކްޝަންސްގެ ވަގުތީ ނަތީޖާ ދައްކާގޮތުން މިހާތަނަށް 96 އިންސައްތަ ފޮށީގެ ވޯޓު ގުނިފައިވާއިރު އުރްދުޣާން އަށް 52.3 އިންސައްތަ ވަނީ ކާމިޔާބުވެފައެވެ. އަދި ކިލިކްޑަރޮގްލޫ އަށް 47.7 އިންސައްތަ ވަނީ ކާމިޔާބު ވެފައެވެ.
ނަތީޖާ ތަކުން ދައްކަނީ އުރުދުޣާން އަށް އޮތް ތާއީދު ބޮޑުކަމެވެ. ވޯޓުގެ ނަތީޖާތައް މިހެން ދައްކަމުން ދާއިރު ތުރްކީގެ މަގުތައް މަތީގައި މިހާރުން ފެށިގެން އުރްދުޣާންގެ ސަޕޯޓަރުން ދަނީ އުފާ ފާޅު ކުރަމުންނެވެ.
އުރުދުޣާން އަށް ލިބިވަޑައިގެންނެވި ކާމިޔާބީ އާއި ގުޅިގެން އަރަބި އިސްލާމީ ޤައުމުތަކާއި ދުނިޔޭގެ އެހެން ޤައުމުތަކުގެ ލީޑަރުން މިހާރު ދަނީ އުރްދުޣާން އަށް މަރުޙަބާ ކިޔަމުންނެވެ.
މި އިންތިޚާބު އުރުދުޣާން އަށް ކާމިޔާބު ވުމާއި އެކު އޭނާއަށް އިތުރު 5 އިތުރު ވެގެން ދާނެއެެވެ. މިއީ ތުރްކީގެ ރައްޔިތުން އުރްދުޣާންގެ ވެރިކަން އިޚްތިޔާރު ކުރި 3ވަނަ ފަހަރެވެ.