ޚަބަރުދުނިޔެސިޔާސީ

ތުރުކީގެ ރައީސްކަމުގެ ހުވާ އުރުދުޣާން ކުރައްވައިފި

ތުރުކީގެ ރިޔާސީ އިންތިޚާބުގެ ތާރީޚީ ކާމިޔާބަށްފަހު 5 ވަނަ ފަހަރަށް އިންތިޚާބު ވެވަޑައިގެންނެވި ރަޖަބް ޠައްޔިބް އުރްދުޣާން ތުރުކީގެ ރައީސް ކަމުގެ ހުވާ ކުރައްވައިފިއެވެ.

މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު ތުރުކީގައި ބޭއްވި ރިޔާސީ އިންތިޚާބު ރައީސް އުދުޣާން ކާމިޔާބު ކުރެއްވީ އިދިކޮޅު ކޯލިޝަނަކާ ވާދަކޮށް 52 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ.
ރަސްމީ ނަތީޖާދައްކާ ގޮތުން އުރުދުޣާން އަށް 52.2 ޕަސެންޓް ވޯޓު ލިބިވަޑައިގެންނެވި އިރު، ވާދަވެރި ކެމަލް ކިލިކްޑަރޮގްލޫ އަށް ލިބިވަޑައިގެންނެވީ 47.8 ޕަސެންޓެވެ.
”ރައީސްގެ ހައިސިއްޔަތުން ތުރުކީގެ ބޮޑު ޤައުމާއި ތާރީޚުގެ ކުރިމަތީގައި އަޅުގަނޑުގެ ޝަރަފާއި ނަޒާހަތްތެރިކަމުގެ ހުވާ ކުރަނީ ދައުލަތުގެ ދެމިއޮތުމާއި މިނިވަންކަން ހިމާޔަތް ކުރުމަށް،“  – އުރުދުޣާން –
ހޮނިހިރު ދުވަހު ރިޔާސީ ގަނޑުވަރުގައި ބޭއްވި އެ ރަސްމިއްޔާތުގައި ދުނިޔޭގެ ގިނަ އަދަދެއްގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް އުރުދުޣާންގެ ލީޑަރޝިޕާއި ސިޔާސަތުތަކުގެ ސަބަބުން އޭނާ އަކީ ތުރުކީގެ ތާރީޚުގައި ވަރަށް ނުފޫޒުގަދަ އާދަޔާ ޚިލާފު ލީޑަރެއްގެ ގޮތުގައި ފާހަގަ ކުރެވޭ ބޭފުޅެކެވެ.

މި އިންތިޚާބު އުރުދުޣާން އަށް ކާމިޔާބު ވުމާއި އެކު އޭނާއަށް އިތުރު 5 އިތުރު ވެގެން ދާނެއެެވެ. މިއީ ތުރްކީގެ ރައްޔިތުން އުރްދުޣާންގެ ވެރިކަން އިޚްތިޔާރު ކުރި 3ވަނަ ފަހަރެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button