ޔާޔާ ނަބީލް އެއް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި

ބަރަހަނާ ފޮޓޯ އަދި ވީޑިއޯ މީސްމީޑިޔާގައި އާއްމު ކުރަމުން ގެންދާ ފިރިހެނެއް ކަމަށްވާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް ނުވަތަ ޔާޔާ ލޫސީ) އެއް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މީސްމީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކްގައި ބަރަހަނާވި މައްސަލައިގާ ޔާޔާގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެއީ، އޮރިޔާންކާޑު ހެދުމުގެ ކުށުގެ ދައުވާއާއި، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.
މި ދައުވާތައް އުފުލާފައިވަނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓިކްޓޮކް މެދުވެރިކޮށް އޭނާގެ ޖިންސީ ގުނަވަން ދައްކައި ޖިންސީ އަމަލު ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ހަދާފައިވާ ކަމަށް ބުނެއެވެ. މި ދެ ދަޢުވާއަށްވެސް އޭނާވަނީ ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކޮށްފައެވެ.
ނަމަވެސް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި، ގަރީނާގެ މައްޗަށް ބަލާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެކުށް އޭނާގެ މައްޗަށް ސާބިތުވާ މިއަދު ކްރިމިނަލް ކޯޓުން ކުރު ޙުކުމުގައި ބުނެފައިވެއެވެ.
ޔާޔާ ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯ އާއްމު ކުރުމުގެ ސަބަބުން ޓިޓޮކުން އޭނާވަނީ ބްލޮކްކޮށްފައެވެ. ނަމަވެސް، އަލުން އައު އެކައުންޓެއް ހެދުމަށްފަހު ބަރަހަނާވީޑިއޯ އަދި ފޮޓޯގެ އިތުރުން، އަންހެން ހެދުން ލައިގެން ފޮޓޯ އަދި ވީޑިއޯވަނީ އާއްމުކޮށްފައެވެ.