ޚަބަރު

ލެޖެންޑް ފަންތޮށި ނާޒިމްވެސް ޕީޕީއެމް އަށް

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލެޖެންޑް މުޙައްމަދު ނާޒިމް (ފަންތޮށި ނާޒިމްއިދިކޮޅު ޕީޕީއެމަށް ސޮއިކޮށްފިއެވެ.

ނާޒިމް ޕީޕީއެމާއި ގުޅުނީ ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާގައެވެ.

ނާޒިމް އަކީ 1994-1995 ގައި ފްލޮރެންޓީނާ ސެކަންޑް ޑިވިޝަން އިން ފެށިގެން ކްލަބް ލެގޫންސް ގައިވެސް މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ. އަދި 1997-1996 ގައި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ވެސް އޭނާ ކުޅެފައިވެއެވެ.

ކްލަބް ވެލެންސިއާ: ނާޒިމް ވަނީ ވެލެންސިއާގައި މޮޅު ކުޅުމެއް ދައްކާފަ

އެންމެފަހުން އޭނާ ކުޅެފައިވަނީ ކްލަބް ވެލެންސިއާއަށެވެ1998 ގަައި ކްލަބް ވެލެންސިއާއި ގުޅި 8 އަހަރު ވަންދެން ކްލަބް ވެލެންސިއާގައި ތަފާތު މޮޅު ކުޅުމެއް ވަނީ ދައްކާފައެވެ.

ފުޓްބޯޅަ ދަނޑުގައި ފަންތޮށި ނާޒިމް ގެ ނަމުން މަޝްހޫރު ނާޒިމް އާންމުންގެ ތެރޭގައި އެންމެ މަޤްބޫލު ވެގެން ދިޔައީ 1998 ގައި ކްލަބް ވެލެންސިއާގައެވެ.

މީގެ އިތުރުން ނާޒިމް ފާހަގަކޮށްލެވެނީ 1995 އިން 2002 ވަނަ އަހަރާ ހަމަޔަށް ދިވެހި ރާއްޖޭގެ ޤައުމީ ޓީމްގައި ޑިފެންޑަރެއް ގޮތުގައި ވިދާލި މުހިންމު ކުޅުންތެރިއެއްގޮތުގައެވެ.

1998 ގައި ނާޒިމް އަކީ ކްލަބް ވެލެންސިއާގައި ފާހަގަ ކޮށްލެވުނު ޑިފެންޑަރެއް.

ޤައުމީ ޓީމުން ރިޓަޔަރ ކުރުމަށްފަހުވެސް ނާޒިމް ދަނީ ފުޓްބޯޅައިގައި އޭނާގެ ހުނަރު ދައްކަމުންނެވެ. އެގޮތުން މިހާރުވެސް ވެޓްރަންސް މުބާރާތްތައް ކުޅެމުންގެންދާއިރު، އެކި ކްލަބްތަކަށް ކޯޗްކަންވެސް އޭނާ ދަނީ ކޮށްދެމުންނެވެ. ނާޒިމް ކޯޗް ކަންކޮށްދޭ ގިނަ ޓީމްތަކުން ވަނީ ފުރިހަމަ ކާމިޔާބީތަކެއް ހޯދާފައެވެ.

މަޝްހޫރު ފުޓްބޯޅަތަރި އަލީ އަޝްފާގް އަދި ނާޒިމް

އިދިކޮޅު ޕީޕީއެމާއިގުޅެން ނިންމިސަބަބާއި ގުޅޭގޮތުން ބޮންތިނޫހުން ކުރި ސުވާލުގެ ޖަވާބުގައި ނާޒިމް ބުނީ އޭނާ އަކީ ސިޔާސީ މީހެއްނޫންކަމަށާއި، ސިޔާސީ ޕާޓީއަކާއި ގުޅޭނަމަ ގުޅެންބޭނުންވީ ރަނގަޅު ކުރިމަގުއޮތް ޕާޓީއަކާއި ކަމަށާއި، އެގޮތުން އިދިކޮޅު ޕީޕީއެމަކީ މުސްތަޤްބަލްއޮތް ތަރައްޤީގެ ފިކުރުގެ ޕާޓީގެ ގޮތުގައި ނާޒިމް ފާހަގަކުރެއްވިއެވެ.

އަސްލު މިއީ ސިޔާސީ މީހެއްނޫން، ނުވެސް އުޅެން ސިޔާސީ ކަމެއްގަ، އެކަމަކު އަސްލު ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުން ފެނިގެންދިޔަ ތަރައްޤީ އާއި އުންމީދުތައް އަނެއްކާވެސް ދެކެންބޭނުންވާތީ، ދެން ޖުމްލަކޮށް މުޅި ރާއްޖޭގެ ރައްޔިތުންނަށް މަންފާ ކުރުވި ވެރިކަމެއްވީމަ އެފިކުރާ ގުޅެންބޭނުންވީނާޒިމް ބުންޏެވެ.

މިފަހަކަށް އައިސް އިދިކޮޅު ކޯލިޝަނާއި ގިނަ އަދަދެއްގެ ބަޔަކު ގުޅެމުންދާއިރު، ރޭގެ ޖަލްސާގައިވެސް ވަނީ ގިނަ އަދަދެއްގެ ޒުވާނުންވެސް އެކޯލިޝަނާއިއަލަށް ގުޅިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button