ޚަބަރު

ވަގު ޑޮލަރުން ފޯނުގަތް މީހާގެ ޙުކުމަކީ މުޖްތަމަޢަށް ޚިދުމަތް ކުރުން: ކްރިމިނަލް ކޯޓް

ވަގު ޑޮަލަރުން ފޯނެއް ގަތުމަށް ވިޔަފާރީގެ މުޢާމަލާތް ހިންގި މީހަކު ޖޫރިމަނާ ކުރުމާއި އެކު މުޖްތަމަޢަށް ޚިދުމަތް ކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

އައިފޯނު 14 ޕްރޯ މެކްސް އެއް ގަތުމަށް 100 ޑޮލަރުގެ 15 ވަގު ނޫޓު ދިން މައްސަލައިގައި ދަޢުލަތުން އުފުލި ދަޢުވާއަށް ދަޢުވާ ލިބުނު ފަރާތުން ވަނީ ކޯޓުގައި އިޢުތިރާފުވެފަ އެވެ. އެއާއިއެކު ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ނުވަ މަހާއި 12 ދުވަހުގެ ޖަލު އަދަބުގެ ތެރެއިން ހަ މަހާއި 12 ދުވަހުގެ އަދަބު ޖޫރިމަނާއަކަށް ބަދަލު ކުރުމަށެވެ. އަދި ބާކީ އޮތް ތިން މަހުގެ އަދަބެއްގެ ގޮތުގައި މުޖުތަމަޢަށް ޚިދުމަތް ކުރުމަށް ކަނޑައެޅުމަށެވެ.

ކްރިމިނަލް ކޯޓުން ވަނީ އޭނާ 38،400 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ އިއްޔެއިން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ޙުކުމް ކޮށްފައެވެ. އަދި 480 ގަޑިއިރު މުޖުތަމަޢުއަށް ޚިދުމަތް ކުރުމަށް ވަނީ ޙުކުމް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button