ޚަބަރު

އިހުތިޖާޖު ކުރި ޒުވާނުންނަށް ޓާގެޓްކޮށްގެން ހައްޔަރުކޮށް، މުއްދަތު ޖަހަން އުޅުން ބަލައިގަންނަން ދަތި: ޑްރިފްޓް އެސޯސިއޭޝަން

އިހުތިޖާޖު ކުރި ޒުވާނުންނަށް ޓާގެޓްކޮށްގެން ހައްޔަރުކޮށް، މުއްދަތު ޖަހަން އުޅުން ބަލައިގަންނަން ދަތި ކަމުގައި ޑްރިފްޓް އެސޯސިއޭޝަނުން ބުނެފިއެވެ.

ހުޅުމާލޭގައި ކާރު އަދި ސައިކަލު ޑްރިފްޓް ޖެއްސުން މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ފުލުހުން ހުއްޓުވުމުން ހުޅުމާލޭ ޕޮލިސް ސްޓޭޝަން ކުރިމަތީ ގިނަ އަދަދެއްގެ ޒުވާނުން އިހުތިޖާޖު ކުރި މައްސަލައިގައި ބައެއް ޒުވާނުން ހައްޔަރު ކުރުމާ ގުޅިގެން އެ ޑްރިފްޓް އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޑްރިފްޓް އެސޯސިއޭޝަނުން ބުނިގޮތުގައި ހުޅުމާލެ ޕޮލިސް ސްޓޭޝަން ކުރިމަތީގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާއިރު، ފުލުހުން ހިތްހަމަ ނުޖެހޭ ކަމެއް ހިނގާފައިވާނަމަ، އެކަމެއްގެ ޒިންމާ ނަގާނީ އެ އެސޯސިއޭޝަނުންނެވެ.

”ނަމަވެސް ޕޮލިހުން ވަކި ވަކި އިންޑިވިޑުއަލްސް އެކަމާ ގުޅުވައިގެން ހައްޔަރުކޮށް، މުއްދަތު ޖަހަން ގެންދިއުން މި އެސޯސިއޭޝަނަށް ބަލައިގަންނަން ދަތި. ރޭސިން އަށް ވަކި ގާނޫނެއް ނެތުމުން ހައްޔަރަށް ގެންދަން ބޭނުން ކުރާ އުޒުރަކީ އަމުރަށް ނުކިޔަމަންތެރިވުމާއި، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުން ކަމަށް ބުނެ ކޯޓުން އަމުރު ނެރޭއިރު، އެފަދަ އެއްވެސް ކަމެއް ފުލުހަކަށް ދިމަލެއް ނުވޭ.“ އެސޯސިއޭޝަނުން ބުންޏެވެ.

ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ ރޭގަނޑު ބާރަ ޖަހާއިރު ޒުވާނުންގެ ސިޓީ ހުޅުމާލޭގައި މޯލްޑިވްސް ޑްރިފްޓް އެސޯސިއޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތަށް ގިނަ އަދަދެއްގެ ފުލުހުން ވަނީ ހުރަަސް އަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button