
މާލޭގެ ކުނި ނެގުމަށް ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) އާއިއެކު މާލެ ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އައު ނުކުރަން ނިންމީ ކުނި ނުނަގާ ކަމުގެ ޝަކުވާ ބޮޑުވެގެން ކަމުގައި މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ އެނިންމުމަކީ ބައެއްގެ ވަޒީފާ ގެއްލުވާލަން ނިންމި ނިންމުމެއް ނޫން ކަމަށާއި، ކައުންސިލުން މާލެއާއި ވިލިމާލޭގެ އާންމު ސަރަހައްދުތައް ސާފުތާހިރުކޮށް ބޭއްވުމަށް އަހަރަކު ގާތްގަނޑަކަށް 30 މިލިއަނެއްހާ ރުފިޔާ ހަރަދު ކުރާ ކަމުގައެވެ.
”މަގުމަތީގައި ހުންނަ ކުނި ނަގާފަ ކަލްކިލޭޓުކޮށްފަ އެއަށް ވާވަރަށް ފައިސާ ކައުންސިލުން ދޭން ޖެހެނީ. އެވްރެޖްކޮށް މަހަކު 2.5 މިލިއަން އެބަދެން، ކުނި ނުނެގިޔަސްފައިސާ އަށް އެބަ ޑިމާންޑް ކުރޭ.“ މޭޔަރު ވިދާޅުވިއެވެ.
މުއިއްޒު ފާހަގަކުރެއްވިގޮތުގައި ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު 45 ވަރަކަށް މިލިއަން ރުފިޔާ ވެމްކޯއިން ސިޓީކައުންސިލަށް ބިލް ކުރިއެވެ. އޭގެ ތެރެއިން 38 މިލިއަން ވެމްކޯއަށް ދީފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ. އެކަމަކު ވެމްކޯއިން ކުނި ނުނަގައިގެން ރައްޔިތުން ޝަކުވާ އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ކައުންސިލްގެ މުވައްޒަފުން އެމަސައްކަތަށް ނެރެން ޖެހޭ ކަމުގައި މޭޔަރު ވިދާޅުވިއެވެ.
”އެތައް މިލިއަނެއްގެ ފައިސާދީފަ އަނެއްކާ އަޅުގަނޑުމެންވެސް ހަމަ އެމަސައްކަތް ކޮށްފަ ދެކޮޅެއް ނުޖެހޭ“ މޭޔަރު ވިދާޅުވިއެވެ.
އެ ނިންމުމާއި ގުޅިގެން ވެމްކޯއިން ކައުންސިލް ބަދުނާމުވާގޮތަށް ބަޔާންތައް ނެރިފައިވާ މައްސަކަ މޭޔަރު ވަނީ ކުށްވެރި ކުރައްވާފައެވެ.
V rangalhu ninnumeh thiyaee
Thee vara rangalhu nimmevume adhi Hama kureegaves oiygotha beynun meehaka registry vevey gotha othumakee ves ginabayaku edheykame ehen Noonee abadhuves kunibalaanaannanee faisaa nudhakkaathee ey bunanee bodumeehaa bunanee faisaa dhakkaifeemey hafthaa dhehathaa kuninunagaa ebadhey