ޚަބަރުސިޔާސީ

ޝަރީފްގެ ބޮޑު ދޮގެއް: ސްޓެލްކޯ އުފެއްދީ ރައީސް ސޯލިހު

އެތައް އަހަރެއް ވަންދެން ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ސަރުކާރު ހިއްސާވާ ކުންފުނި ކަމުގައިވާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އުފެއްދެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ވިދާޅުވެ އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އިތުރުފުޅު ހައްދަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސްކަންވެސް ކުރެއްވި ޝަރީފް މިވަރުގެ ބޮޑު އިތުރުފުޅެއް ހައްދަވާފައި މިވަނީ އއ. އަތޮޅާއި އދ. އަތޮޅުގައި ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގެ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވިގޮތުގައި ސްޓެލްކޯ އަކީ ރައްޔިތުންނަށްޓަކައި ރައީސް ސޯލިހު އުފެއްދެވި ކުންފުންޏެކެވެ. އޭނާ މިފަދައިން ވިދާޅުވިއިރު ސްޓެލްކޯއަކީ 1949 ވަނަ އަހަރުން ފަށައިގެން އެކި ނަންނަމުގައި ހިންގަމުން އައި ކުންފުންޏެކެވެ. އަދި ސްޓެލްކޯގެ ނަމަށް އެ ކުންފުނި ބަދަލުވީ 1997 ވަނަ އަހަރުގައެވެ.

މި ރަސްމިއަޔާތުގައި ޝަރީފް ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ހުށާމަދުކޮށް ސަނާ ކިޔާފައެވެ.

6 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button