ޚަބަރު

ވެހިކަލްތަކުގެ ނަންބަރު ބޯޑު ގަވައިދާ އެއްގޮތަށް ބަހައްޓަން އަންގައިފި

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުގެ ނަންބަރު ބޯޑު، ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓްރީގެ ގަވާއިދާ އެއްގޮތަށް ބޭނުންކުރުމަށް އަންގައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މިފަހަކަށް އައިސް ދުއްވާ އިންޖީނުލީ އުޅަނދު ފަހަރުގެ ނަންބަރު ބޯޑު ހުންނަނީ ގަވައިދާ ހިލާފަށް ކަމުގައެވެ.

އެ ގަވައިދުގައި ވާގޮތުން ނަންބަރު ބޯޑުގެ އަކުރުތައް ހުންނަންވާނީ ”އޭރިއަލް ބޯލްޑް“ ފޮންޓުންނެވެ. އަދި އަކުރުތަކުގެ ސައިޒު ހުންނަންވާނެގޮތްވެސް ކުރެހުމާއެކު ގަވާއިދުގައި ބަޔާންކޮށްފައިވާ ކަން އިއުލާނުގައި ފާހަގަކޮށްފައިވެއެވެ. ނަންބަރު ބޯޑުގައި ހުންނަ އަކުރުތައް ވަކިން ކަނޑާ ނަގައިގެން ބޭނުންކުރުމާއި އަކުރުތައް އެއް މިލިމީޓަރަށްވުރެ އުސްކޮށް އުފުލިފައި ހުންނަ ގޮތަށް ހަދައިގެން ބޭނުން ކުރުމަކީ މަނާކަމެއް ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

މިނިސްޓްރީގެ އިއުލާނުގައި މިފަދައިން ބުނެފައިވާއިރު، ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވަނީ ގަވައިދާ ހިލާފަށް ނަންބަރު ބޯޑެއް ހަރުކޮށްފައިވާ ކާރެއް ދުއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button